
ހަނިއްޔާ އަވަހާރަކޮށްލަން ޔަހޫދީން ހަމަލާދިނީ އެމެރިކާގެ އެހީތެރިކަމާއި އެކު ކުރު ރާސްތާގެ މިސައިލަކުން - އިރާން
# ހަނިއްޔާ އަވަހާރަކޮށްލުންހަމާސްގެ އިސްވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ ކުރި ރާސްތާ މިސައިލަކުން ދިން ހަމަލާއެއްގައި ކަމަށް އިރާނުން ބުނެފި އެވެ.

މި ހަމަލާ ތަހުގީގު ކުރަމުންދާ އިރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް އިން މިއަދު މިވަނީ މި ހަމަލާއާއި ގުޅުންހުރި ބައެއް ތަފްސީލްތައް ހާމަކޮށްފައެވެ. މި ހަމަލާގެ ތަފްސީލްތައް ހާމަކުރުމުގެ ކުރިން އެމެރިކާގެ ބައެއް މަސްދަރުތަކުން ވަނީ މީޑީއާތަކުގައި މި ހަމަލާއަކީ ހަނިއްޔާ ހުއްނެވި ކޮޓަރިކޮޅުގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއް ކަމަށްބުނެ އަޑު ފަތުރާފައި އެވެ.
މިއާއި އެކު މިއަދު ސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް , އައިއާރްޖީސީ އިން ބުނީ ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ "ގާތްގަނޑަކަށް 7 ކިލޯ [15.4 ޕައުންޑް] ގެ ވޯހެޑާއެކު ކުރު ރާސްތާގެ މިސައިލްއަކުން އޭނާގެ ކޮޓަރީގެ ބޭރުން ބާރުގަދަ ގޮވުމެއް ގޮއްވާލައިގެން" ކަމަށެވެ.
އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނިއްޔާ އަވަހާރަކޮށްލުމަކީ ޔަހޫދީ އިޒްރޭލުގެ ސަރުކާރުން ރާވައިގެން އެމެރިކާގެ ފުރިހަމަ އެހީތެރިކަމާއި އެކު ދިން ހަމަލާއެއް ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

މަޝްރަހު ހޫނުވެފައި ވަނިކޮށް އެމެރިކާއިން މެދުއިރުމައްޗަށް ހަނގުރާމަމަތީ އުޅަނދުތަކާއި ފައިޓަރ ސްކޮޑްރަން ފޮނުވައިފި

ހަނިއްޔާ އަވަހާރަކޮށްލަން ޔަހޫދީން ހަމަލާދިނީ އެމެރިކާގެ އެހީތެރިކަމާއި އެކު ކުރު ރާސްތާގެ މިސައިލަކުން - އިރާން

ހަނިއްޔާ އަވަހާރަކޮށްލުން: ތަހުގީގަށް އިރާނު އަސްކަރިއްޔާ އާއި އިންޓެލިޖެންސްގެ އޮފިސަރުންތަކެއް ހައްޔަރުގައި!
