logoEN
Sto top
ބީޗު ހޭންޑްބޯޅަ 2024: ފަސޭހަކަމާއެކު ބީސްޓް ބަލިކޮށް ޒޯރު އެސްސީ ކުރިއަށް

ބީޗު ހޭންޑްބޯޅަ 2024: ފަސޭހަކަމާއެކު ބީސްޓް ބަލިކޮށް ޒޯރު އެސްސީ ކުރިއަށް

ހަސަން ޝަމްއޫން

logo

8/2/2024, 9:33:33 AM

# ދިވެހި ކުލިވަރު# ކުޑަހުވަދޫ ސްޕޯޓްސް ކުލަބް# ހޭންޑްބޯލް މޯލްޑިވްސް

ޒޯރު ސްޕޯޓްސް ކުލަބާއި ބީސްޓް ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ހޭންޑްބޯޅަ ނޭޝަންސް

ކުޑަހުވަދޫގައި މިހާރު ކުރިއަށްދާ "ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024" ގެ ފިރިހެން ޑިވިޝަނުގައި ޒޯރު ސްޕޯޓްސް ކުލަބާއި ބީސްޓް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު ސިދާ ދެ ސެޓުން ޒޯރު ސްޕޯޓްސް ކުލަބު ކާމިޔާބުކޮށްފިއެވެ.

Wamco

މުބާރާތުގައި ޒޯރު ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ދެ ސެޓް އެއް ސެޓުން ރޯޔަލް ސިޓީ އަތުން އެޓީމު މޮޅުވެފައިވާއިރު، ބީސްޓް ސްޕޯޓްސް ކުލަބުގެ ފުރަތަމަ މެޗުގައި ފެމެލީ ބޭކާސް އަތުން އެޓީމު ބަލިވީ ސީދާ ދެ ސެޓުންނެވެ.

މުޅި މެޗުގައި ވެސް ޒޯރު ސްޕޯޓްސް ކުލަބުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓް 13 ލަނޑުގެ ފަރަގަކާއެކު އެޓީމުން ކާމިޔަބުކުރީ 16-3 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓު އެޓީމުން ކާމިޔާބުކުރީ 15 ލަނޑުގެ ފަރަގަކާއެކު 17-2 ގެ ތަފާތުބޮޑު ނަތީޖައަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒޯރު ސްޕޯޓްސް ކުލަބުގެ ޝައިހާން ޝައުކަތް އެވެ.

މިނަތީޖާއެކު ކުޅުނު ދެ މެޗުން ޒޯރު އެސްސީއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ބީސްޓް އެސްސީ މިވަގުތު އޮތީ ލީގު ބުރުގެ ފުލުގައެވެ.

01 އޮގަސްޓް 2024 އިން 03 އޮގަސްޓް 2024 އަށް، ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި ބާއްވާ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ފަސް ޓީމު ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށެވެ. މީގެ އިތުރުން މި މުބާރާތަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމައްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއިއެކު ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި 2023 ވަނަ އަހަރުން ފެށިގެން ކުޑަހުވަދޫ ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗު މާޓް ހަމަޖައްސާފައިވައިރު، ކޯ ސްޕޮންސަރ އަކީ އެނޮކްސް ޕަރައިވެޓް ލިމިޓެޑެވެ. އަދި މީޑިއާ ޕާޓްނަތަކީ ގާފު ސްޕޯޓްސް އެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ އިނާން ސްޕޮންސަރ ކޮއްފައިވަނީ ޓޫލް އެމްވީގެ ފަރާތުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside