logoEN
cocacola
ބީޗު ހޭންޑްބޯޅަ 2024:  ޒޯރު ޖޫނިއަރ އަތުން ފެމެލީ ބޭކާސް އަށް ފަސޭހަ މޮޅެއް

ބީޗު ހޭންޑްބޯޅަ 2024: ޒޯރު ޖޫނިއަރ އަތުން ފެމެލީ ބޭކާސް އަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

8/2/2024, 6:48:58 AM

# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ސްޕޯޓްސް ކުލަބް

ފެމެލީ ބޭކާސް އާއި ޒޯރު ޖޫނިއަރ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ހޭންޑްބޯޅަ ނޭޝަންސް

ކުޑަހުވަދޫގައި މިހާރު ކުރިއަށްދާ "ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024" ގެ ފިރިހެން ޑިވިޝަނުގައި މިއަދު ހެނދުނު ކުޅުނު ފުރަތަމަ މެޗުގައި ކުޅުދުއްފުށި ސީޓީގެ ފެމެލީ ބޭކާސް އާއި ކުޑަހުވަދޫ ޒޯރު ޖޫނިއަރ ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ފެމެލީ ބޭކާސް ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި ފެމެލީ ބޭކާސް ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ބީސްޓް ސްޕޯޓްސް ކުލަބު އަތުން އެޓީމު މޮޅުވެފައިވާއިރު، މިއީ ޒޯރު ޖޫނިއަރސް އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ސެޓް 12 ލަނޑުގެ ފަރަގަކާއެކު 17-5 ގެ ނަތީޖާއަކުން ފެމެލީ ބޭކާސް ކާމިޔާބުކުރިއިރު، ދެވަނަ ސެޓުގައި ޒޯރު ޖޫނިއަރސް އިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އަދި މިސެޓް ފެމެލީ ބޭކާސް އަށް ކާމިޔާބުކުރެވުނީ ނުވަ ޕޮއިންޓްގެ ފަރަގަކާއެކު 13-4 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެމެލީ ބޭކާސްގެ އަހުމަދު އަލީ އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 12 ލަނޑު ކާމިޔާބުކޮށްދީފައެޗެ.

މިނަތީޖާއެކު ކުޅުނު ދެ މެޗުން ފެމެލީ ބޭކާސްއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ޒޯރު ޖޫނިއަރސް އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

01 އޮގަސްޓް 2024 އިން 03 އޮގަސްޓް 2024 އަށް، ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި ބާއްވާ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ފަސް ޓީމު ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށެވެ. މީގެ އިތުރުން މި މުބާރާތަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމައްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއިއެކު ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި 2023 ވަނަ އަހަރުން ފެށިގެން ކުޑަހުވަދޫ ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗު މާޓް ހަމަޖައްސާފައިވައިރު، ކޯ ސްޕޮންސަރ އަކީ އެނޮކްސް ޕަރައިވެޓް ލިމިޓެޑެވެ. އަދި މީޑިއާ ޕާޓްނަތަކީ ގާފު ސްޕޯޓްސް އެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ އިނާން ސްޕޮންސަރ ކޮއްފައިވަނީ ޓޫލް އެމްވީގެ ފަރާތުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ