%20(3).jpg&w=3840&q=75)
ކޭއެސްސީގެ 3 ވަނަ ބީޗް ހޭންޑް ބޯލް މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަރު ހުޅުވާލައިފި
# ބީޗް ހޭންޑް ބޯޅަ# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ސްޕޯޓްސް ކުލަބްކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަން ޗެންޕިއަން ޓީމު
ކުޑަހުވަދޫ ސްޕޯޓްސް ކުލަބު ފަރާތުން އިންތިޒާމުކޮށް ބާއްވާ "3 ވަނަ ބީޗް ހޭންޑު ބޯލް މުބާރާތް" ސްޕޮންސަރ ކުރުމުގެ ފުރުސަތު އެކުލަބުން އާންމުކޮށް ހުޅުވާލައިފިއެވެ.

ކުޑަހުވަދޫ ސްޕޯޓްސް ކުލަބު ރައީސް އިސްމާޢީލް ފާރިޝް ގާފު ސްޕޯޓްސްއަށް މައުލޫމާތުދިން ގޮތުގައި މިއަހަރުގެ މުބާރާތް ވެސް އެކުލަބުން ބާއްވަން ނިންމާފައިވަނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ.
4 ޖުލައި 2025 އިން 6 ޖުލައި 2025 އަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް މުބާރާތުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ކޮންމެ ޑިވިޝަނަކުން ވެސް އަށް ޓީމަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ބައިވެރިވުމަށްއެދި ފޯމް ހުށަހަޅާ ތަރުތީބުން ޓީމު ތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ފިރިހެން ހަތަރު ޓީމު އަދި އަންހެން ފަސް ޓީމަކުން ވަނީ މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާފައެވެ. އަދި މި އަހަރުގެ މުބާރާތް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޑަހުވަދޫ ސާފް ބީޗުގައެވެ.
މީގެ އިތުރުން މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާއިރު، އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 9683836 ނަންބަރު ފޯނަށް ގުޅައިގެން މައުލޫމާތް ސާފުކުރެއްވުމަށް ކުޑަހުވަދޫ ސްޕޯޓްސް ކުލަބު ފަރާތުން ވަނީ އެދިފައެވެ.
މި އަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނާގެ ގޮތުގައި ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު ފޮޓޯގުރަފީ އެންޑް ގްރެފިކްސް ޕާޓްނަރަކީ ހޭންޑްބޯލް ނޭޝަން އެވެ. އަދި ސްޓްރީމިންގ ޕާޓްނާއަށް އިވެންޓްސް ކުޑަހުވަދޫ ހަމަޖައްސާފައިވާއިރު ކިޓް ޕާޓްނަރަކީ މެނީ މޯލްޑިވްސް އެވެ.
ގުޅުންހުރި

ޓިމޯ ލެސްޓޭ އަތުން ބަލިވުން ނަމޫނާ ދެއްކުމަށްފަހު، ގައުމީ ޓީމު ކޯޗު ސުޒެއިން އިސްތިއުފާ ދީފި

ދެއްކޭނެ ބަހަނާއެއް ނެތް ފެނިގެންދިޔައީ ދިވެހި ފުޓްބޯޅައިގެ ހާލަތު

ރަށުން ބޭރުގައި ބްރެޒިލް އިން އެކުއެޑޯ މޮޅުވިޔަނުދީ ހިފަހައްޓައިފި
