logoEN
cocacola
ބީޗު ހޭންޑްބޯޅަ 2024:  ފަހަތުން އަރައި ޒޯރު އިން ރޯޔަލް ސިޓީ ބަލިކޮށްފި

ބީޗު ހޭންޑްބޯޅަ 2024: ފަހަތުން އަރައި ޒޯރު އިން ރޯޔަލް ސިޓީ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

8/1/2024, 6:32:36 PM

# ހޭންޑްބޯލް މޯލްޑިވްސް# ކުޑަހުވަދޫ ސްޕޯޓްސް ކުލަބް# ބީޗު ހޭންޑްބޯޅަ ޓޯނަމެންޓް

ޒޯރު ސްޕޯޓްސް ކުލަބާއި ރޯޔަލް ސިޓީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ހޭންޑްބޯޅަ ނޭޝަން

ކުޑަހުވަދޫގައި މިހާރު ކުރިއަށްދާ "ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024" ގެ ފިރިހެން ޑިވިޝަނުގައި ޒޯރު ސްޕޯޓްސް ކުލަބާއި ރޯޔަލް ސިޓީ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ކުޅުނު ޝޫޓްއައުޓް ސެޓް ކާމިޔާބުކޮށް ދެ ސެޓް އެއް ސެޓުން މޮޅުވެ ޒޯރޯ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ސެޓްގައި ރޯޔަލް ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 8-3 ގެ ނަތީޖައަކުންނެވެ. އަދި ދެވަނަ ސެޓުގައި ޒޯރު ސްޕޯޓްސް ކުލަބުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖައެއްގެ ގޮތުން ހަތަރު ޕޮއިންޓްގެ ފަރަގަކާއެކު އެޓީމުން މިސެޓް ކާމިޔާބުކުރީ 13-9 ގެ ނަތީޖާއަކުންނެވެ.

މިއާއެކު މެޗުގެ ނަތީޖާނެރުމަށްޓަކައި ކުޅުނު ޝޫޓްއައުޓްގައި 4-3 ގެ ނަތީޖާއަކުން މޮޅުވެ، ޒޯރު ސްޕޯޓްސް ކުލަބުން މެޗު ކާމިޔާބުކުރީ ދެ ސެޓް އެއް ސެޓުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒޯރު ސްޕޯޓްސް ކުލަބުގެ ގޯލު ކީޕަރު ސައުދުﷲ ލަތީފު އެވެ. އޭނާ ވަނީ މިމެޗުގައި ރޯޔަލް ސިޓީގެ އެޓޭކުތައް ހުއްޓުވުމުގެ އިތުރުން ޒޯރޯ ސްޕޯޓްސް ކުލަބަށް ހަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

01 އޮގަސްޓް 2024 އިން 03 އޮގަސްޓް 2024 އަށް، ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި ބާއްވާ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ފަސް ޓީމު ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށެވެ. މީގެ އިތުރުން މި މުބާރާތަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމައްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއިއެކު ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި 2023 ވަނަ އަހަރުން ފެށިގެން ކުޑަހުވަދޫ ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗު މާޓް ހަމަޖައްސާފައިވައިރު، ކޯ ސްޕޮންސަރ އަކީ އެނޮކްސް ޕަރައިވެޓް ލިމިޓެޑެވެ. އަދި މީޑިއާ ޕާޓްނަތަކީ ގާފު ސްޕޯޓްސް އެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ އިނާން ސްޕޮންސަރ ކޮއްފައިވަނީ ޓޫލް އެމްވީގެ ފަރާތުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ