



.jpg?w=3840&q=75)




--
ނެގްލެކްޓެޑް ޓްރޮޕިކަލް ޑީޒީޒް (އެން.ޓީ.ޑި) ބަލިތައްކަމަށްވާ ޑެންގޫ އަދި ލެޕްރަސީއާ އަށް ޑޮކްޓަރުންނާއި ނަރުހުންނަށް ކްލިނިކަލް މެނޭޖްމަންޓް ޓްރެއިނިނެއް ބާއްވައިފިއެވެ.
މި ޓްރެއިނިންގއަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއާއި ގުޅިގެން ބޭއްވި ޓްރެއިނިންގ އެކެވެ.
ސިއްހީ ވުޒާރާއިން ބުނީ މި ޓްރެއިނިންގެ މައިގަޑު މަގްސަދަކީ، ޑެންގީ އާއި ލެޕްރަސީ އާއި އެކު އެހެން ވެކްޓަރ ބޯން ބަލިތަކާއި އިހުމާލުވެފައިވާ ޓްރޮޕިކަލް ބަލިތަކުގެ ކޭސްތައް މެނޭޖްކުރުމަށް ބޭނުންވާ ކެޕޭސިޓީ އިތުރުކުރުމާއި، ޑެންގި އާއި ލެޕްރަސީ ބަލީގެ ސަރވޭލަންސް އަދި ޕޭޝަންޓް މެނޭޖްމަންޓް ދެމެހެއްޓުމާއި ހަރުދަނާކުރުމުގެ އިތުރުން އާންމު ސިއްހަތުގެ ކަންބޮޑުވުން ހުރި އެންޓީޑީތައް ކަވަރުކޮށްގެން ލެޕްރަސީއާއި ޑެންގީއަށް ކްލިނިކަލް މެނޭޖްމަންޓް ތަމްރީނު ދިނުމެވެ.
މި ޓްރެއިނިންގ ގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުންނާއި ޕްރައިވެޓް ކްލިނިކްތަކުންނާއި ޕަބްލިކް ހެލްތު ފެސިލިޓީތަކުން 48 ބައިވެރިން ބައިވެރިވެފައިވެއެވެ.
.jpeg?w=3840&q=75)







.jpg?w=3840&q=75)