logoEN
cocacola
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

އަހުމަދު ޝުރާއު

logo

8/1/2024, 4:16:14 PM

# މާލެ ސިޓީ

މިރޭ މާލޭގައި އެކްސިޑެންޓު ހިނގި ސަރަހައްދު:- ފޮޓޯ އަޑޭ-ޓުވިޓާ

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

ގޮސިޔާ

ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގީ މާލެ އިއްޒުއްދީން މަގު އެސްޓީއޯ ކާޑު ގުދަން ކައިރީ މިރޭ 8:20 ހާއިރު އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ. މަންޒަރުދުށް ފަރާތާކުން ގާފު ނޫހަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓުގައި ދެމީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 08:30 ހާއިރު އިއްޒުއްދީން މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންތެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ދެ ސައިކަލު ދުއްވި މީހުންނަށްވެސް އަނިޔާވެފައިވާ ކަމަށާއި ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ