
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ނޯވޭގެ ފަތުރުވެރިއަކު އަތުލައިގަނެ ޑީޕޯޓުކޮށްލައިފި
# މޯލްޑިވްސް އިމިގްރޭޝަން--
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ނޯވޭގެ ފަތުރުވެރިއަކު އަތުލައިގަނެ ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 2023 ޑިސެންބަރު 20 ވަނަ ދުވަހު ރާއްޖެ އެތެރެވެފައިވާ ނޯރވޭގެ ފަތުރުވެރިއެއް، ވިސާގެ މުއްދަތު ހަމަވުމުން ވެސް އަނބުރާ ގައުމަށް ނުގޮސް، ރާއްޖޭގައި މަސައްކަތްކޮށް ދިރިއުޅެމުންދާ މައްސަލައަކާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއި އެކު އެމީހާ ހޯދާފައިބާ ކަމަށެވެ.
އެގޮތުން އިމިގްރޭޝަންގެ ބެުލުމު ދަށަށް އެމީ ގެނެސްފައިވަނީ ފުލުހުންގެ އެހީތެރިކަމާއެކު ހިންގި އޮޕަރޭޝަނެއްގައި 2024 ޖުލައި 25 ވަނަ ދުވަހު ކަމަށް އެއިދާރާއިން ބުނެއެވެ.
އެމީހާ އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފުވެފައިވާތީ މިހާރު ޑީޕޯޓުކޮށްފައިވާ ކަންވެސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އިމިގްރޭޝަނުން މިއަދު ވަނީ އެމީހާގެ ފޮޓޯއެއްވެސް އާންމުކޮށްފައެވެ. އެގޮތުން ފޮޓޯއިން ފެންނަ ގޮތުގައި އެމީހާ ހުރީ ރާއްޖޭގެ ދޯންޏެއްގައި އެވެ.
ގުޅުންހުރި

މެދުއިރުމަތީގެ ހަނގުރާމަ: ރާއްޖޭއިން ނުފުރި ތާށިވެފައި ތިބި ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކޮށްދޭން ނިންމައިފި

ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ 15 ބިދޭސީން ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2ގައި ޤަވާއިދާ ޚިލާފަށް އުޅުނު 04 ބިދޭސީން ހައްޔަރުކޮށްފި

.gif&w=3840&q=75)



