logoEN
cocacola
އިޒްރޭލަށް ހަމަލާދިނުމަށް އިރާނުގެ އިސް އޮފިޝަލުން ޔަމަނާއި ލުބުނާނު އަދި އިރާގުގެ ބައިވެރިންނާއިއެކު މަޝްވަރާއަށް!

އިޒްރޭލަށް ހަމަލާދިނުމަށް އިރާނުގެ އިސް އޮފިޝަލުން ޔަމަނާއި ލުބުނާނު އަދި އިރާގުގެ ބައިވެރިންނާއިއެކު މަޝްވަރާއަށް!

އަހުމަދު ޝުރާއު

logo

8/1/2024, 12:32:18 PM

# ހަނިއްޔާ އަވަހާރަކޮށްލުން

އިޒްރޭލަށް ހަމަލާދިނުމަށް އިރާނުގެ އިސް އޮފިޝަލުން އެގައުމުގެ ރަހުމަތްތެރި ބައެއް ގައުމުތަކާއި އެކު މުހިންމު މަޝްވަރާތަކެއް ކުރިޔަށް ގެންދަން ނިންމާފައިވާކަން ހާމަކޮށްފި އެވެ.

ގޮސިޔާ

އިރާނު ސަރުކާރުގެ މަސްދަރުތަކުން ބުނާ ގޮތުގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުގެ މަތީ ފަންތީގެ އޮފިޝަލުން ލުބްނާނާއި އިރާގު އަދި ޔަމަނުގައި ތިބި ތެހެރާނުގެ ބައިވެރިންނާ މިއަދު މަޝްވަރާކުރުމަށް ވަނީ ތައްޔާރުވެފައި އެވެ.

އެގޮތުން މި މަޝްވަރާތަކަށް މިހާރު އިރާނުގެ އިސް އޮފިޝަލުން އެގައުމުތަކަށް ގޮސްފައިވާ ކަމަށްވެސް މަސްދަރުތަކުން ބުނެއެވެ. މި މަޝްވަރާތަކަށްފަހު ހަމަލާދޭނެ ގޮތްތަކާއި މެދު އިރާނުގެ ސަރުކާރުން ނިންމަވާނެ ކަމަށްވެސް ވެއެވެ.

އީރާނުގެ ބިމުގައި ހަނިއްޔާ އަވަހާރަކޮށްލުމުން އެކަމުގެ ފަހަތުގައިވާ ޔަހޫދީ އިޒްރޭލަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނާގޮތުގައި ގޮތުގައި ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އެގައުމުގެ ގަޑިން ބުދަ ދުވަހުގެ ދަންވަރު 2:00 އެހާކަންހާއިރު ކަމަށާއި އޭނާ ހުންނެވީ ތެހެރާނުގައި ހުންނަ "ހަނގުރާމައިގައި ބައިވެރިވި މީހުންނަށް ހާއްސަ ގެއެއްގައި" ކަމަށެވެ. އަދި އެގެއަކީ ތެހެރާނުގެ އުތުރުގައި ހުރި ގެއެއް ކަމަށާވެސް ވަނީ ބުނެފައި އެވެ. އަދި މި ހަމަލާދީފައިވަނީ ވައިގެ މަގުން މިސައިލް ހަމަލާއެއްގެ ގޮތުގައި ކަންވެސް އިރާނުން ވަނީ ކަށަވަރުކޮށްދީފައި އެވެ. ނަމަވެސް އެފަދަ މިސައިލެއް އިރާނުގެ ވައިގެ ތެރެއަށް ވަތް ގޮތެއް އަދި މިހާތަނަށް އިރާނުން ހާމަކޮށްފައި ނުވެއެވެ.

ހަނިއްޔާއަކީ މީގެ ކުރިން ފަލަސްތީނުގެ ބޮޑު ވަޒީރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ