logoEN
cocacola
އުލިގަމުގައި މެރިޓައިމް ޚިދުމަތްތައް ދިނުމުގެ އެއްބަސްވުމެއްގައި އެމްޕީއެލުން ސޮއިކޮށްފި

އުލިގަމުގައި މެރިޓައިމް ޚިދުމަތްތައް ދިނުމުގެ އެއްބަސްވުމެއްގައި އެމްޕީއެލުން ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

8/1/2024, 10:38:28 AM

# އެމްޕީއެލް

--

ހއ އުލިގަމުގައި މެރިޓައިމް ޚިދުމަތްތައް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ގޮސިޔާ

ތިލަދުންމަތި އުތުރުބުރީ އުލިގަމުގައި މެރިޓައިމް ޚިދުމަތްތައް ދިނުމުގެ ގޮތުން ފަހުމުނާމާއެއްގައި މިއަދު ސޮއިކުރީ މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި އުލިގަމު ކައުންސިލްއާއި ދެމެދުއެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް އެވެ. އަދި އުލިގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް އެވެ.

އެމްޕީއެލުން ބުނީ މި އެއްބަސްވުމުގެ ދަށުން އެމް.ޕީ.އެލް އިން އުލިގަމުގައި ޔޮޓް މެރިނާއެއް ތަރައްޤީކޮށް، ޔޮޓްތަކަށް ބޭނުންވާ ޚިދުމަތްތައް އުލިގަމުން ފޯރުކޮށްދޭން ބޭނުންވާ ވަސީލަތްތައް ޤާއިމްކުރާނެ ކަމަށެވެ.

އެމްޕީއެލުން މިހާރު ވަނީ މި މަޝްރޫއުއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ގެޱެޓުކޮށްފައެވެ. އެގޮތުން އެ އިއުލާނުގައި ބުނެފައިވަނީ މި މަޝްރޫއުއަށް ޝައުގުވެރިވާ އެއް ފަރާތުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަން ބޭނުންވާ އެހެނިހެން ފަރާތްތަކަށްވެސް އެުފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

View post on Twitter

އުލިގަމު މެރީނާ ޕްރޮޖެކްޓަކީ ރާއްޖޭގެ އެންމެ އުތުރުގައި މެރީނާއަކާއި ކްރޫޒް ޓާމިނަލެއް އެޅުމަށް ރާވާފައިވާ މަޝްރޫއެކެވެ. މި ޕްރޮޖެކްޓްގެ އަމާޒަކީ ރާއްޖެއަށް އެތެރެވާ ދޮރެއްގެ ގޮތުގައި މަސައްކަތްކުރާ އެންމެ ޒަމާނީ ވެސަލް ޑޮކިން އާއި ބާޓިން ފެސިލިޓީފަދަ ވަސީލަތްތަކާއެކު ކަނޑުދަތުރުކުރާ ޔޮޓާއި ލެޝަރ ކްރާފްޓްތައް ފޯރުކޮށްދިނުން ކަމަށް އެމްޕީއެލުން ބުނެއެވެ. މީގެ އިތުރުން ކްރޫޒް ޓާމިނަލަކާއި ރިސޯޓްތަކާއި ސިޓީ ހޮޓާތައް ވެސް މި މެރީނާ މަޝްރޫއުގައި ހިމެނުމަށް ވަނީ ނިންމާފަ އެވެ.

އެމްޕީއެލުން ބުނީ މި ތަރައްޤީގެ މަޤްޞަދަކީ މެރިޓައިމް އިންފްރާސްޓްރަކްޗަރ ކުރިއެރުވުމާއި، ފަތުރުވެރިކަން ކުރިއެރުވުމާއި، ލޯކަލް އިޤްތިޞާދު ހަރުދަނާކޮށް، ޔޮޓާއި ކްރޫޒް އުޅަނދުފަހަރުގެ އެންމެ ބޮޑު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރުން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ