logoEN
cocacola
ބަންކަރިންގ ގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް އަންނަނީ ތައްޔާރުވަމުން - ވަޖީހު

ބަންކަރިންގ ގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް އަންނަނީ ތައްޔާރުވަމުން - ވަޖީހު

އަހުމަދު ޝުރާއު

logo

9/15/2024, 5:17:50 PM

# އެމްޕީއެލް

--

ރާއްޖޭގެ އުތުރުގައި ފެށުމަށް ނިންމާފައިވާ ބަންކަރިންގ ގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް މިރޭ ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ވަޖީހް މިކަން ހާމަކުރެއްވީ މިރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ވަޖީހް ވިދާޅުވީ ބަންކަރިން ޚިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު އޮތީ ވެފައި ކަމަށާއި މިހާރު ޕްލޭންކޮށްފައި އޮތީ މިމަހުގެ 19 ވަނަ ދުވަހު މި ޚިދުމަތް ފެށުމަށް ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ދެ ބޯޓާއި، ޓަގް ބޯޓު ވެސް މިހާރު ގެނެސް ކުޅުދުއްފުށީގައި ބަނދަރުކޮށްފައިވާކަމަށާއި، އެކަމަށް ބޭނުންވާ މުވައްޒަފުންނަށް ބޭނުންވާނެ ޖާގަތައް ހަދައި، ތަމްރީންދީ ނިމިފައިވާކަމަށް ވެސް ވަޖީހް ފާހަގަކުރެއްވި އެވެ.

ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި އޭގެކުރިން ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި އޭގެ ތެރެއިން އިންޓަނޭޝަނަލް ގޭޓްވޭއެއްގެ އިތުރުން އެތަނުގައި އެކަމަށް ބޭނުންވާ ހުރިހާ ކަންތައްތަކެއް ހަމަޖައްސަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން ހއ. އުލިގަމުގައި މިހާރު ވަނީ އައިއެސްޕީއެސް ނަމުގައި ގޭޓްވޭއެއް ހާއްސަކޮށްފައި ކަމަށާއި، އެތަނުގައި އެމްއެންޑީއެފް، އިމިގްރޭޝަން، ޕޯޓް ހެލްތު އަދި ކަސްޓަމްސް އިން މަސައްކަތްކުރާނެކަމަށް ވަޖީހް ހާމަކުރެއްވި އެވެ.

އިހަވަންދިއްޕޮޅުގައި ފަށަން ނިންމާފައިވާ މި ޚިދުމަތް ހިންގަނީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިސްވެ އޮވެ، އެމްޕީއެލްގެ ބައިވެރިވުމާއެކުގައެވެ. އެގޮތުން މި ހިދުމަތް ދިނުމަށް ދެ ކުންފުނިންވެސް ވާން ޖެހޭ ތައްޔާރީތައް ވެފައިވާއިރު އެމްޕީއެލުން ވަނީ މި މަސައްކަތަށް ޚާއްސަ ވެބްސައިޓެއް ލޯންޗުކޮށް 24 ގަޑިއިރަށް ހިދުމަތްދެވޭ ކޯލް ސެންޓަރެއްވެސް ގާއިމްކޮށްފައެވެ.

ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި އެސްޓީއޯއިން ވަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެބޯޓު ގެނެސްފައެވެ. މީގެ ތެރެއިން ފުރަތަމަ ބޯޓު "މެރިން އެންޖެލް" މި މަހުގެ 09 ވަނަ ދުވަހު ވަނީ ކުޅުދުއްފުށީގައި ބަނދަރުކޮށްފައެވެ. އެސްޓީއޯއިން މަޢުލޫމާތު ދޭ ގޮތުގައި، ބަންކަރިންގެ ޚިދުމަތް ފެށުމުގެ ގޮތުން މި މަހުގެ 20 ވަނަ ދުވަހު ފުރަތަމަ ބޯޓަށް ތެޔޮ ވިއްކަން ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ