logoEN
cocacola
2027 ގެ ނިޔަލަށް މާލޭ ކޮމާޝަލް ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވޭނެ - ވަޖީހް

2027 ގެ ނިޔަލަށް މާލޭ ކޮމާޝަލް ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވޭނެ - ވަޖީހް

އަހުމަދު ޝުރާއު

logo

9/19/2024, 3:13:28 PM

# އެމްޕީއެލް

--

މާލޭގެ ކޮމާޝަން ޕޯޓް މި ދައުރުގެ ތެރޭގައި ތިލަފައްޓަށް ބަދަލުކުރެވި ހިދުމަތް ފެށިގެންދާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ރާއްޖޭގައި ބަންކަރިންގ ހިދުމަތް ފެށުމަށްޓަކައި މިއަދު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޖީހް ވިދާޅުވީ މާލޭ ކޮމާޝަލް ހާބަރު ބޮޑު މައްސަލަ ހައްލުކުރުމަށްޓަކައި މި ދައުރުގައި މާލޭ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރާނެ ކަމަށެވެ. އެގޮތުން އެމަސައްކަތް 2027 ވަނަ އަހަރުގެ ނިޔަލަށް ފުރިހަމަ ކުރެވި ތިލަފުށީން ޕޯޓުގެ ހިދުމަތްތައް ދެވެން ފާށާނެ ކަމަށް ވަޖީހް ވިދާޅުވިއެވެ.

އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު އެމްޕީއެލްގެ މަސައްކަތްތައް ބައްޓަންކުރަމުންދާ ކަން ފާހަގަކުރަައްވައި ވަޖީހް ވިދާޅުވީ ވަށާޖެހޭ ގޮތަށް ރާއްޖޭގެ އިގުތިސާދު ބައްޓަން ކުރުމުގައި މެރިޓައިމް ދާއިރާއިން ކުރެވެން ހުރި ކަންކަން އެމްޕީއެލް އިން ކުރަމުންދާ ކަމަށެވެ.

އައްޑޫ އާއި ކުޅުދުއްފުށީގައި މިހާރު ހުރި ޕޯޓުތަކަކީ ގެއްލުމުގައި ހިނގަމުންދާ ދެޕޯޓުކަން ފާހަގަކުރައްވައި ވަޖީހު ވިދާޅުވީ އެޕޯޓުތަކަކީ ފައިދާ ޕޯޓުތަކަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ. ވަކީން ޚާއްސަކޮށް ރާއްޖޭގެ ރިސޯޓުތަކަށް ސީފުޑް އެތެރެކުރާ މިންވަރު ގިނަކަން ފާހަގަކުރައްވައި އައްޑޫގައި އިންޓަނޭޝަނަލް ސީފުޑް ހަބެއް ގާއިމުކުރުމަށް ނިންމާފައިވާ ކަން ވަޖީހް ހާމަކުރެއްވި އެވެ.

މީގެ އިތުރުން އައްޑޫ ޕޯޓުގައި ސެކަންޑް ހޭންޑް ވެހިކަލް އެސަމްބަލް ކުރެވޭނެ ވަސީލަތްތައް ގާއިމުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަންވެސް ވަޖީހު ހާމަކުރެއްވި އެވެ. އައްޑޫ ޕޯޓަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ސެކަންޑް ހޭންޑް ވެހިކަލް އެތެރެކުރާ ޕޯޓެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ