logoEN
cocacola
ހަނިއްޔާއަށް ހަމަލާދިނީ ރޮކެޓަކުން, ހަމަލާ އަމާޒުވީ ހުންނެވި ކޮޓަރިކޮޅަށް - ހަމާސް

ހަނިއްޔާއަށް ހަމަލާދިނީ ރޮކެޓަކުން, ހަމަލާ އަމާޒުވީ ހުންނެވި ކޮޓަރިކޮޅަށް - ހަމާސް

އަހުމަދު ޝުރާއު

logo

7/31/2024, 2:45:55 PM

# ހަނިއްޔާ އަވަހާރަކޮށްލުން

ހަމާސްގެ ތަރުޖަމާނު

ޔަހޫދީންގެ ހަމަލާއެއްގައި މިހަދު ޝަހީދުކޮށްލި ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރ އިސްމާއީލް ހަނިއްޔާގެ ހަމަލާއާއި ގުޅިގެން ހަމާސްއިންވެސް ބައެއް މައުލޫމާތު ހާމަކޮށްފި އެވެ.

ގޮސިޔާ

ހަމާސްގެ ތަރުޖަމާނު އަދި ޑެޕިއުޓީ ހެޑް ޚަލީލް އަލް ހައިޔާ ވިދާޅުވީ ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ އަށް ހަމަލާދީފައިވަނީ ތެހެރާނުގައި ހުންނެވި ކޮޓަރިއަށް ރޮކެޓަކުން ދިން ހަމަލާއެއްގައި ކަން މިހާތަނަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ.

އީރާނުގެ ވެރިރަށް އީރާނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަލް ހަޔާ ވިދާޅުވީ ހަނިއްޔާ އަވަހާރަކޮށްލުމުގެ ބޮޑު ޖަރީމާގެ އަގު އިޒްރޭލުން އަދާކުރާނެ ކަމަށެވެ އަދި މި ހަމަލާގެ ބަދަލު ހަމާސްގެ އަސްކަރީ ގޮފި ކަމަށްވާ އަލް ކަސާމް ބްރިގޭޑްސް އިން ހިފާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނިއްޔާ އަވަހާރަކޮށްލީ "އެއާބޯން ގައިޑެޑް ޕްރޮޖެކްޓައިލް" އަކުން ކަމަށާއި ނަމަވެސް އެއީ ކޮން ސިފައެއްގެ ޕްރޮޖެކްޓައިލްއެއް ކަމެއް ހާމައެއް ނުކުރެއެވެ.

ހަނިއްޔާގެ އަވަހާރަކޮށްލުމުގެ އަދި މިހާތަނަށް ޒިންމާ އިސްރާއީލުން އުފުލާފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ