logoEN
cocacola
ހަނިއްޔާގެ ކަށުނަމާދު އިމާމުވެ ކުރައްވާނީ އީރާނުގެ އެންމެ މަތީ ލީޑަރު ޚާމަނާއީ!

ހަނިއްޔާގެ ކަށުނަމާދު އިމާމުވެ ކުރައްވާނީ އީރާނުގެ އެންމެ މަތީ ލީޑަރު ޚާމަނާއީ!

އަހުމަދު ޝުރާއު

logo

7/31/2024, 2:35:23 PM

# ހަނިއްޔާ އަވަހާރަކޮށްލުން

--

ޔަހޫދީން މިއަދު ދިން ހަމަލާއެއްގައި ޝަހީދުކޮށްލި ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރ އިސްމާއީލް ހަނިއްޔާގެ ޖަނާޒާގެ މައުލޫމާތު އިރާނުން ހާމަކޮށްފި އެވެ.

ގޮސިޔާ

އިރާނުގެ ތެހެރާނުގައި ހުންނަވަނިކޮށް އަވަހާރަކޮށްލި ހަނިއްޔާގެ ޖަނާޒާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީވެސް ތެހެރާނުގައި އެވެ. އީރާނުގެ ސެމީ އޮފިޝަލް މެހެރް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މާދަމާ ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ޖަނާޒާގައި މައްޔިތާގެ މައްޗަށް ކުރެވޭ ކަށުނަމާދު އިމާމުވެ ކުރައްވާނީ އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އެވެ.

އަދި ހަނިއްޔްާގެ ހަށިގަނޑު މާދަމާ އެގައުމުގެ ގަޑިން 8:30 ގައި ކުރާ ނަމާދަށް ފަހު ފަހުގެ އިހްތިރާމް އަދާކުރުމަށް ކުރިޔަށްގެންދާ ހިނގާލުން އެގައުމުގެ ފްރީޑަމް ސްކޮޔާއާގައި ކުރިޔަށްދާނެ އެވެ. އެ ހިނގާލުމަށްފަހު ހަނިއްޔާގެ ހަށިގަނޑު ފަސްދާނުލުމަށް ގަތަރުގެ ވެރިރަށް ދޯހާއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ހަނިއްޔާގެ ހަށިކޮޅު ފަސްދާނުލުން އޮންނާނީ ދޯހާގައި އެވެ.

ހަނިއްޔާ މީގެ އަހަރުތަކެެއް ކުރިން ފަށައިގެން ވެސް ދިރިއުޅެމުން އައި ގަތަރުގެ ދޯހާގައި އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނާގޮތުގައި ގޮތުގައި ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އެގައުމުގެ ގަޑިން ރޭ ދަންވަރު 2:00 އެހާކަންހާއިރު ކަމަށާއި އޭނާ ހުންނެވީ ތެހެރާނުގައި ހުންނަ "ހަނގުރާމައިގައި ބައިވެރިވި މީހުންނަށް ހާއްސަ ގެއެއްގައި" ކަމަށެވެ. އަދި އެގެއަކީ ތެހެރާނުގެ އުތުރުގައި ހުރި ގެއެއް ކަމަށާވެސް ވަނީ ބުނެފައި އެވެ. އަދި މި ހަމަލާދީފައިވަނީ ވައިގެ މަގުން މިސައިލް ހަމަލާއެއްގެ ގޮތުގައި ކަންވެސް އިރާނުން ވަނީ ކަށަވަރުކޮށްދީފައި އެވެ. ނަމަވެސް އެފަދަ މިސައިލެއް އިރާނުގެ ވައިގެ ތެރެއަށް ވަތް ގޮތެއް އަދި މިހާތަނަށް އިރާނުން ހާމަކޮށްފައި ނުވެއެވެ.

ހަނިއްޔާއަކީ މީގެ ކުރިން ފަލަސްތީނުގެ ބޮޑު ވަޒީރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ