logoEN
Sto top
އައިސީސީއިން ރާއްޖޭގައި ކުރިޔަށް ގެންދިޔަ ތަމްރީން ޕްރޮގްރާމާއި ވޯކްޝޮޕް ނިންމާލައިފި

އައިސީސީއިން ރާއްޖޭގައި ކުރިޔަށް ގެންދިޔަ ތަމްރީން ޕްރޮގްރާމާއި ވޯކްޝޮޕް ނިންމާލައިފި

އަހުމަދު ޝުރާއު

logo

7/31/2024, 1:25:16 PM

# ކްރިކެޓު

--

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ރާއްޖޭގައި ކުރިޔަށްގެންދިޔަ ދެ ތްމަރީން ޕްރޮގްރާމް ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.

Wamco

އައިސީސީ ރާއްޖޭގައި ކުރިޔަށް ގެންދިޔައީ ލެވެލް-2ގެ ކޯޗުން ތަމްރީންކުރުމުގެ ޕްރޮގްރާމާއި ހައި ޕާފޯމަންސް ވޯކްޝޮޕެވެ. މި ދެ ތަމްރީން ޕްރޮގްރާމުގެ ނިމުން ފާހަގަކުރުމަށް މިއަދު އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

އައިސީސީ އޭޝިއާ އިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ކޯހަކީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ގުޅިގެން ކުރިއަށްގެންދިޔަ ހަތަރު ދުވަހުގެ ކޯހެކެވެ. ޖުލައި 24 އިން 28 އަށް ކުރިއަށްދިޔަ މި ކޯހަށްފަހު ޖުލައި 29-30 ގައި ވަނީ ހައި ޕާފޯމަންސް ވޯކްޝޮޕު ކުރިޔަށް ގެންގޮސްފައި އެވެ.

އައިސީސީގެ އެންމެ މަތީގެ އިންސްޓަރަކްޓަރުންނާއިއެކު ކުރިއަށްދިޔަ މި ކޯހުގައި ކޯޗުންގެ ޒިންމާތަކާއި، ހުނަރުވެރި ކުޅުންތެރިން ދެނެގަންނާނެ ގޮތާއި، ކުޅުންތެރިންގެ ހުނަރުތައް އިތުރަށް ތަރައްގީކުރާނެގޮތްތައްވަނީ ކިޔައިދީފަ އެވެ. މީގެ އިތުރުން ކްރިކެޓްގެ އެންމެ މުހިންމު ދެ ހުނަރު ކަމަށްވާ ބެޓްކުރުމާއި، ސްޕިން ބޯލިންގެ ހުނަރު ފާހަގަކޮށް އެކަން ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފަ އެވެ.

ކްރިކެޓް ބޯޑުގެ އަމާޒަކީ ދިވެހި ކޯޗުންގެ ހުނަރު އިތުރުކުރުމަށް މިކަހަލަ ގިނަ ޕްރޮގްރާމްތަކެއް އައިސީސީއާ ގުޅިގެން ހިންގުމެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside