logoEN
cocacola
ހަނިއްޔާގެ ޖަނާޒާ މާދަމާ ތެހެރާނުގައި, ފަސްދާނުލުން ހުކުރު ދުވަހު ގަތަރުގެ ދޯހާގައި!

ހަނިއްޔާގެ ޖަނާޒާ މާދަމާ ތެހެރާނުގައި, ފަސްދާނުލުން ހުކުރު ދުވަހު ގަތަރުގެ ދޯހާގައި!

އަހުމަދު ޝުރާއު

logo

7/31/2024, 10:23:14 AM

# ހަނިއްޔާ އަވަހާރަކޮށްލުން

ޔަހޫދީންގެ ހަމަލާއެއްގައި މިހަދު ޝަހީދުކޮށްލި ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރ އިސްމާއީލް ހަނިއްޔާގެ ޖަނާޒާ މާދާމާ ބާއްވަން އިރާނުން ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

އިރާނު ސަރުކާރުގެ އިސް އޮފިޝަލަކު އަލް ޖަޒީރާއަށް މައުލޫމާތު ދެމުން ވިދާޅުވީ ހަނިއްޔާގެ ޖަނާޒާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ގައި އިރާނުގެ ވެރިރަށް ތެހެރާނުގައި ކަމަށެވެ. އަދި ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

ހަމާސްއިން ބުނާ ގޮތުގައި ތެހެރާނުގައި ބޭއްވާ ޖަނާޒާގެ ރަސްމިއްޔާތަށްފަހު ހަނިއްޔާގެ ހަށިކޮޅު މާދަމާ ގަތަރުގެ ވެރިރަށް ދޯހާއެއް ގެންދާނެ އެވެ. އަދި ހަނިއްޔާގެ ހަށިކޮޅު ފަސްދާނުލުން އޮންނާނީ ދޯހާގައި ކަމަށް ހަމާސްއިން ބުނެއެވެ.

ހަނިއްޔާ މީގެ އަހަރުތަކެެއް ކުރިން ފަށައިގެން ވެސް ދިރިއުޅެމުން އައި ގަތަރުގެ ދޯހާގައި އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނާގޮތުގައި ގޮތުގައި ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އެގައުމުގެ ގަޑިން ރޭ ދަންވަރު 2:00 އެހާކަންހާއިރު ކަމަށާއި އޭނާ ހުންނެވީ ތެހެރާނުގައި ހުންނަ "ހަނގުރާމައިގައި ބައިވެރިވި މީހުންނަށް ހާއްސަ ގެއެއްގައި" ކަމަށެވެ. އަދި އެގެއަކީ ތެހެރާނުގެ އުތުރުގައި ހުރި ގެއެއް ކަމަށާވެސް ވަނީ ބުނެފައި އެވެ. އަދި މި ހަމަލާދީފައިވަނީ ވައިގެ މަގުން މިސައިލް ހަމަލާއެއްގެ ގޮތުގައި ކަންވެސް އިރާނުން ވަނީ ކަށަވަރުކޮށްދީފައި އެވެ. ނަމަވެސް އެފަދަ މިސައިލެއް އިރާނުގެ ވައިގެ ތެރެއަށް ވަތް ގޮތެއް އަދި މިހާތަނަށް އިރާނުން ހާމަކޮށްފައި ނުވެއެވެ.

ހަނިއްޔާއަކީ މީގެ ކުރިން ފަލަސްތީނުގެ ބޮޑު ވަޒީރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ