
ޢަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫޢެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާނެ - މިނިސްޓަރު
# އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ--
ޢަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫޢެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާނެ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫޢެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ.
އެހެން ނަމަވެސް ސޮއިކޮށް ޢަމަލީ މަސައްކަތް ނުފެށިވާ މަޝްރޫޢުތައް މިވަގުތައް ނުފަށައި ޢަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫޢުތައް ނިންމުމަށް އިސްކަން ދިނުމަށް ވާނީ ނިންމާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ މަޝްރޫޢުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ފާސްކޮށްފައިވާ 2024 ގެ ބަޖެޓުގައި ފައިސާ ހިމަނާފައިނުވުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައި އެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވިއިރު. މި އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ބަޖެޓުގައި މަޝްރޫއުތައް ހިންގަން ބަޖެޓުގައި އެކަށީގެންވާ ފައިސާ ނެތް ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ރައީސް ވަނީ މި އަހަރުގެ ބަޖެޓު އެކުލަވާލިއިރު، އޭރުގެ ސަރުކާރުން ހިޔާލު ހޯދި ނަމަވެސް މަޝްރޫއުތަކަށް ބޭނުންވާ އަދަދަށް ފައިސާ ހިމަނާފައިނުވާ ކަމަށް ބުނެފައި އެވެ.
ގުޅުންހުރި

މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ %53.5 ނިމިފައި!

ޒަމާންތަކަކަށްފަހު ރަސްފަންނު މަރާމާތްކޮށް އާންމުންނަށް އަލުން ހުޅުވާލައިފި

ކޮންސްޓްރަކްޝަން މިނިސްޓްރީން ދެމުންދާ ހިދުމަތްތައް މެދުކެނޑިއްޖެ
