logoEN
cocacola
މީހުން ބިނާކުރުމަށް މި ސަރުކާރުން އިސްކަންދެއްވާ ވަރަށް އެހެން އެއްވެސް ސަރުކާރަކުން އިސްކަމެއް ނުދޭ  - އާދަމް ޝަރީފް

މީހުން ބިނާކުރުމަށް މި ސަރުކާރުން އިސްކަންދެއްވާ ވަރަށް އެހެން އެއްވެސް ސަރުކާރަކުން އިސްކަމެއް ނުދޭ - އާދަމް ޝަރީފް

# ޕީއެންސީ

-

މީހުން ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ކޮންގްރެސް ޕާޓީން އެޕާޓީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ, ގައުމެއް ތަރައްގީވެގެން އަންނަ އިރު އުސް އިމާރާތްތައް ފެންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ގައުމު ތަރައްގީ ކުރުމުގައި މީހުން ބިނާކުރުމަކީވެސް މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ, މި ސަރުކާރަށް މިވީ 8 މަސްދުވަހުގައި 1200 އަށްވުރެ ގިނަ ޒުވާނުންނަށް ކިޔެވުމުގު ފުރުސަތު ފަހިކޮށްދެއްވާފައިވާ ކަމަށެވެ. މިކަމުންވެސް އެނގިގެންދަނީ އިގްތިސާދީގޮތުން ބޮޑު ދަރަންޏެއް ދައްކަންޖެހިފައި އޮތް މިދަނޑިވަޅުގައިވެސް މީހުން ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މިދެންނެވި 1200 (ފުރުސަތު)ގެ އިތުރުން 200 ކުދިންނަށް ސްކޮލަރޝިޕްގެ ފުރުސަތު ހަމަޖައްސައިދީފައިވޭ. ރާއްޖޭގައި ދިރާސާކުރުމުގެ ސަގާފަތެއް އުފެއްދުމަށްޓަކައި އެކަމަށްޓަކައި ބޭނުންވާ އިންތިޒާމްތައް އެބަ ހަމަޖައްސަވައިދެއްވާ" - އާދަމް ޝަރީފް

އާދަމް ޝަރީފް ވިދާޅުވީ, މި ސަރުކާރަށް މިވީ 8 މަސްދުވަހުގައިވެސް މީހުން ބިނާކުރުމަށް އިސްކަންދެއްވާފައިވާ މިންވަރަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން އިސްކަންދެއްވި މަންޒަރެއް ފެނިފައި ނުވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ