logoEN
Sto top
ކުޑަހުވަދޫ ބީޗް ހެންޑްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗުމާޓް

ކުޑަހުވަދޫ ބީޗް ހެންޑްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗުމާޓް

ހަސަން ޝަމްއޫން

logo

7/30/2024, 5:37:00 PM

# ބީޗު ހޭންޑްބޯޅަ ޓޯނަމެންޓް # ދިވެހި ކުލ# ކުޑަހުވަދޫ ސްޕޯޓްސް ކުލަބް# ދ. ކުޑަހުވަދޫ# ހޭންޑްބޯލް މޯލްޑިވްސް

ކުޑަހުވަދޫ ސްޕޯޓްސް ކުލަބުގެ ރައީސް އިސްމާއިލް ފާރިޝް އަދި ބީޗު މާޓްގެ މެނޭޖަރ އަބްދުﷲ ހަނީފު...

ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި ބާއްވާ ދެވަނަ ބީޗު ހޭންޑްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗުމާޓް ހަމަޖައްސައިފިއެވެ.

Wamco

ޓައިޓަލް ސްޕޮންސަރ އެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކުޑަހުވަދޫ ސްޕޯޓްސް ކުލަބުގެ ފަރާތުން ސޮއިކުރެއްވީ ކުލަބުގެ ރައީސް އިސްމާއިލް ފާރިޝް އެވެ. އަދި މިއެއްބަސްވުމުގައި ބީޗު މާޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ އަބްދުﷲ ހަނީފު އެވެ.

މި މުބާރާތަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމައްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއިއެކު ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި 2023 ވަނަ އަހަރުން ފެށިގެން ކުޑަހުވަދޫ ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މުބާރާތެކެވެ.

01 އޮގަސްޓް 2024 އިން 03 އޮގަސްޓް 2024 އަށް ކުޑަހުވަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެޑިވިޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން ފިރިހެން ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިޑިވިޝަނުގައި ބައިވެރިވި ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށެވެ.

މީގެ އިތުރުން އަންހެން ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިޑިވިޝަނުގައި ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗު މާޓް ހަމަޖައްސާފައިވައިރު، ކޯ ސްޕޮންސަރ އަކީ އެނޮކްސް ޕަރައިވެޓް ލިމިޓެޑެވެ. އަދި މީޑިއާ ޕާޓްނަތަކީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside