
--
އެސްޓީއޯއަށް މިއަހަރުގެ ދެވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ހާމަކޮށްފި އެވެ.

އެސްޓީއޯގެ 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ހިސާބުތައް މިއަދު ވަނީ އެ ކުންފުނީގެ ވެބްސައިޓުގައި އާންމު ކޮށްފައެވެ.
އެގޮތުން އެ ހިސާބުތަކަށް ބަލާއިރު އެސްޓީއޯއަށް އެ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.5 ބިލިއަން ރުފިޔާ އެވެ. މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު 23 އިންސައްތައިގެ ދަށްވުމެކެވެ.
އެސްޓީއޯއިން ބުނީ ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ މި ކުންފުނީގެ މައިގަނޑު ވިޔަފާރިކަމުގައިވާ ތެލުގެ ވިޔަފާރީގެ އަގުތަކަށް ދުނިޔޭގެ ބާޒާރުގައި އައި ބަދަލާއި ގުޅިގެން، ރާއްޖޭގެ މާކެޓްގައި ތެޔޮ ވިއްކާ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމެވެ. ތެލުގެ އަގުތައް ދަށްކުރުމާއެކު ޖުމްލަ ފައިދާ މީގެ ކުރީ ކުއާޓާރއާއި އަޅައި ބަލާއިރު 16 އިންސައްތައިން ދަށްވެ، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 515 މިލިއަން ރުފިޔާ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
ކުންފުނީގެ ޖުމްލަ ފައިދާ ދަށްވިކަމުގައި ވިޔަސް ހިންގުމުގެ ޚަރަދު ނިސްބަތުން ދަށްވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓާރގައި އެކުންފުންޏަށް ވަނީ 203 މިލިއަން ރުފިޔާ ލިބިފައެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓަރގެ ސާފު ފައިދާއަކީ 177 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފުފައިދާގެ ގޮތުގައި ވަނީ 148 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 24 އިންސައްތައެވެ.
އެސްޓީއޯއިން ވަނީ އެކުންފުނީގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ޝުކުރުއަދާކޮށްފައެވެ.
ގުޅުންހުރި

އެސްޓީއޯއިން ރާއްޖެއަށް އޮރެންޖު އެތެރެކޮށް ބާޒާރަށް ނެރެފި، ކިލޯއެއް 35 ރުފިޔާއަށް!

އެސްޓީއޯ ހުޅުމާލެ ސިޓީ ހޮޓެލް އަގުކުރީ 20 މިލިއަން ޑޮލަރަށް: އެޗްޑީސީޢަށް އެތަން ވިއްކާލީ ފޭސް 2 އިން ބިމަކަށް!

އެސްޓީއޯއާއި މަކިޓާގެ 25 އަހަރުގެ ގުޅުން ކުލަގަދަކޮށް ފާހަގަކޮށްފި
