logoEN
cocacola
އިންޑިއާގެ ކެރެލާގައި ހިނގި ބިންގަނޑު ކަޑައިގެން ދިޔުމުގެ ހާދިސާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ

އިންޑިއާގެ ކެރެލާގައި ހިނގި ބިންގަނޑު ކަޑައިގެން ދިޔުމުގެ ހާދިސާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ

އަހުމަދު ޝުރާއު

logo

7/30/2024, 9:28:13 AM

# އިންޑިއާ

--

އިންޑިއާގެ ދެކުނުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެފައިވާއިރު، އެތައް ސަތޭކަ ބަޔަކު މަޑިއާއި ކުނީގެ ދަށުގައި ތާށިވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ގޮސިޔާ

ދެކުނުގެ އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ކެރެލާއަށް ބޯކޮށް ވާރޭވެހި، ވައިނާޑް ޑިސްޓްރިކްޓްގެ ކާރިސާ ހިނގި ސަރަހައްދުގައި ހުރި މުހިންމު ބްރިޖެއް ވެއްޓުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ހުރަސްއެޅިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ކެރެލާގެ ޗީފް މިނިސްޓަރުގެ ޕްރެސް ސެކްރެޓަރީ ޕީއެމް މަނޯޖް ވިދާޅުވީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 49 މީހުން މަރުވެފައިވާ ކަމަށެވެ. ނަމަވެސް ޑިސްޓްރިކްޓް އޮފިޝަލް ޑީއާރް މެގަޝްރީ 45 މީހުން މަރުވެފައިވާ ކަމަށް ބުނި އިރު އެގައުމު މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މަރުވި މީހުންގެ އަދަދު އުޅެނީ 66 ގައި އެވެ.

ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް) އިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ސަލާމަތްވި މީހުން ހޯދުމަށާއި ސްޓްރެޗާތަކުގައި ހަށިތައް އެ ސަރަހައްދުން ބޭރަށް ގެންދިއުމަށް ރެސްކިއު ކްރޫން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ބުނީ އެ ސަރަހައްދަށް 200 އަށް ވުރެ ގިނަ ސިފައިން ޑިޕްލޯ ކޮށްފައިވާ ކަމަށާއި ސްޓޭޓްގެ ސަލާމަތީ ބާރުތަކާއި ފަޔަރ ކްރޫންނަށް ސާޗް އެންޑް ރެސްކިއު މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ