logoEN
cocacola
އައްޑޫ ސިޓީއަށް ބިޔަ ބޮޑު މަޝްރޫއެއް: ފްލޯޓިންގސޯލަރ ޕީވީ ނިޒާމެއް!

އައްޑޫ ސިޓީއަށް ބިޔަ ބޮޑު މަޝްރޫއެއް: ފްލޯޓިންގސޯލަރ ޕީވީ ނިޒާމެއް!

އަހުމަދު ޝުރާއު

logo

7/29/2024, 5:07:06 PM

# އައްޑޫ ސިޓީ

--

އައްޑޫ ސިޓީގެ މޫދުގައި 10 މެގަވޮޓް ސޯލަރ ޕީވީ ޤާއިމުކުރުމަށް ބިޔަ މަޝްރޫޢެއް އިއުލާންކޮށްފިއެވެ.

ގޮސިޔާ

ތިމާވެއްޓާއި ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއީ ވާލްޑް ބޭންކުގެ އެހީގައި އެމިނިސްޓްރީއިން ހިންގާ އެކްސަލަރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓަރގްރޭޝަން އެންޑް ސައިސްޓެއިނަބަލް އެނާރޖީ - އެރައިސް ޕްރޮޖެކްޓްގެ ތެރެއިން ހިންގާ މަޝްރޫޢެއް ކަމަށެވެ.

އެގޮތުން މި މަޝްރޫގެ ދަށުން ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ކެޕިޓަލް ޚަރަދުކޮށް، 20 އަހަރުގެ މުއްދަތައް ނިޒާމު ބަލަހައްޓައި އެއިން ކަރަންޓް އުފައްދާނީ މަޝްރޫޢުގެ ބީލަން ކާމިޔަބުކުރާ ކޮންޓްރެކްޓަރެވެ. އަދި ކޮންޓްރެކްޓަރ ހޮވާނީ ކޮމްޕެޓެޓިވް ބިޑިންގ ޕްރޮސެސްއެއްގެ ތެރެއިން ބީލަންތަކުގެ އިވެލުއޭޝަން ހަދައި އެ ކުންފުނިތަކުގެ ފަންނީ އަދި މާލީ ގާބިލުކަން މިނެކިރައި، ޤާއިމުކުރާ ސޯލަރ ޕީވީ ނިޒާމުތަކުން އުފައްދާ ކަރަންޓް ދައުލަތައް ވިއްކުމަށް އެއްމެ ކުޑަ ރޭޓެއް ހުށަހަޅާ ކުންފުންނަކަށެވެ.

10 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ ޕީވީ ނިޒާމުގެ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 29 އޮކްޓޯބަރ 2024 އެވެ.

އެވުޒާރާއިން ބުނީ މި މަޝްރޫޢުގެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޮވޭނެކަމަށް ބެލެވެނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުތެރޭގައި ކަމަށެވެ.

އަދި ކޮންޓްރެކްޓަރަކު ހޮވައި ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހަދަންޖެހޭ ތިމާވެށި އަދި އެހެނިހެން ފަންނީ ސަރވޭތައް ނިމި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރު ތެރޭގައި ކަމަށާއި އަމަލީ މަސައްކަތް ނިމި މި ނިޒާމުތަކުން ކަރަންޓް އުފައްދަން ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2026 ވަނަ އަހަރުގެ 2 ވަނަ ކުއާޓަރު ތެރޭގައި ކަމަށްވެސް އުވުޒާރާއިން ބުނެއެވެ.

10 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ ނިޒާމު ޤާއިމުކުރެވި އެ ނިޒާމުން ކަރަންޓު އުފައްދަން ފެށުމުން ޖުމުލަކޮށް އައްޑޫގެ ރަށްތަކުގެ ކަރަންޓް އުފެއްދުމަށްޓަކައި ބޭނުންކުރާ ޑީސެލުން އަހަރަކު ގާތްގަނޑަކަށް 4.43 މިލިއަން ލީޓަރު ދަށްވެގެން ދާނެ ކަމަށް އެވުޒާރާއިން ލަފާކުރެއެވެ. އަދި ދަޢުލަތުން ތެލަށްކުރާ ހޭދައިގެ ތެރެއިން ގާތްގަނޑަކަށް އަހަރަކަށް 35.5 މިލިއަން ދިވެހިރުފިޔާ ސަލާމަތްކުރެވޭނެ އެވެ.

އެރައިސް މަޝްރޫއިން އައްޑު ސީޓިގައި ޤާއިމުކުރާ 10 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ ގެ އިތުރުން ވޯލްޑް ބޭންކުން ހިންގާ އެސްޕަޔަރ މަޝްރޫއިންވެސް އައްޑޫ ސިޓީގައި 05 މެގަވޮޓްގެ ސޯލަރ ޕީވީ ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް އެބަދެއެވެ. އެހެންކަމުން އެސްޕަޔަރ އަދި އެރައިސް މަޝްރޫޢޫގެ ތެރެއިން 13 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމު އައްޑޫ ސިޓީގައި ޤާއިމުވެގެންދާނެއެވެ.

މި މަޝްރޫޢުތަކުން ސޯލަރ ހަކަތައިން ކަރަންޓް އުފައްދަން ފެށުމުން ރާއްޖޭގެ ތެލަށްކުރާ ހޭދަ 46.2 މިލިއަން ދިވެހިރުފިޔާ އަހަރަކު ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވެއެވެ.

އެރައިސް މަޝްރޫޢަކީ ރާއްޖޭގައި ބޭނުންކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކޮށް އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ރާއްކާކުރެވޭނެ ބެޓަރީ އެނަރޖީ ސްޓްރޯހޖް ސިސްޓަމްތައް ގާއިމުކޮށް ރަށްރަށުގެ ކަރަންޓް ވިއުގަތައް ޒަމާނީ ފެންވަރަށް ތަރަތއްގީ ކުރުމަށް ބޭރޫގެ އެހީއާއި އެކު މިނިސްތްރީން ހިންގާ މަޝްރޫޢެކެވެ.

މި މަޝްރޫއިން ރާއްޖޭގެ އެކި ރަށްރަށުގައި 36 މެގަވޮޓްގެ ސޯލަރ ޕީވީ ގާއިމުކޮށް 40 މެވޮޓް އަވާގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ 19 ރަށެއްގެ ކަރަންޓް ވިއުގަވެސް މި މަޝްރޫޢުގެ ތެރެއިން އަޕްގްރޭޑްކޮށް ޒަމާނި ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ