logoEN
Sto top
އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް!

އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

11/16/2024, 4:54:16 AM

# އައްޑޫ ސިޓީ

--

އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

Wamco

ސިފައިން މިއަދު ބުނީ އައްޑޫ ސިޓީ ހިތަދޫ އާރިކިޅިއާ ދިމާލަށް ދެކުނު ފަރާތުގައި އޮތް ފަޅުގޯއްޗެއް ތެރޭ އެއްކޮށްފައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.

އެގޮތުން މި ހާދިސާގެ ރިޕޯޓް ރޭ 19:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 19:45 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށް ސިފައިން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside