logoEN
cocacola
ލުބުނާނުގެ ވަރުގަދަ މިސައިލް ލޯންޗާތައް ތައްޔާރީ ހާލަތަށް!

ލުބުނާނުގެ ވަރުގަދަ މިސައިލް ލޯންޗާތައް ތައްޔާރީ ހާލަތަށް!

އަހުމަދު ޝުރާއު

logo

7/29/2024, 1:43:08 PM

# ހިޒްބުالله

-

ޔަހޫދީން ހަނގުރާމަ ފަށައިފި ހާލަތެއްގައި ހަމަލާދިނުމަށް ވާންޖެހޭ ތައްޔާރީތައް ހިޒްބުالله ޖަމާއަތުން ވާން ފަށައިފި އެވެ.

ގޮސިޔާ

ނާޒުކު އަސްކަރީ ހަރަކާތްތަކާ ބެހޭ ގޮތުން އެޕީއަށް ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން ހިޒްބުالله ގެ އިސް އޮފިޝަލް ވިދާޅުވީ އާދީއްތަ ދުވަހުން ފެށިގެން ހިޒްބުالله އިން ވަނީ އެ ޖަމއާތުގެ ބައެއް "ސްމާޓް ޕްރިސިޝަން ގައިޑެޑް މިސައިލްތައް" ބޭނުން ވެއްޖެ ނަމަ ބޭނުން ކުރަން ތައްޔާރީ ހާލަތަށް ގެނެސްފައި ކަމަށެވެ.

ހިޒްބުالله އިން މިފިޔަވަޅު އަޅާފައި މިވަނީ އިސްރާއީލުން ހިފާފައިވާ ގޯލާން ހައިޓްސްގައި ހަފުތާ ބަންދުގައި ދިން ހަމަލާގައި ޔަހޫދީންގެ 12 މީހަކު މަރާލުމާއި ގުޅިގެން އިޒްރޭލުން ލުބްނާނަށް "ހަރުކަށި" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.

ލުބުނާނު ޖަމާއަތުގެ އޮފިޝަލަކު އޭޕީއަށް ވިދާޅުވީ ހިޒްބުاللهގެ ސްޓޭންޑަށް ބަދަލެއް ނާންނަ ކަމަށާއި އިޒްރޭލާ އެކު ފުރިހަމަ ހަނގުރާމައެއް ކުރަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އޮފިޝަލް ވިދާޅުވީ ހަނގުރާމައެއް ފެށިއްޖެ ނަމަ އެއްވެސް ލިމިޓެއް ނެތި ހަނގުރާމަ ކުރާނެ ހިޒްބުالله އޮތީ ތައްޔާރަށް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ