logoEN
cocacola
މަޝްރަހު ހޫނު ވަނީ , ޖޯޑަންގެ ގައުމީ އެއާލައިނުން ލުބުނާނުގެ ވެރިރަށަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި

މަޝްރަހު ހޫނު ވަނީ , ޖޯޑަންގެ ގައުމީ އެއާލައިނުން ލުބުނާނުގެ ވެރިރަށަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި

އަހުމަދު ޝުރާއު

logo

7/29/2024, 1:33:41 PM

# ހިޒްބުالله# އިސްރާއިލް

--

އިޒްރޭލާއި ލުބުނާނުގެ ދެމެދުގައި މަޝްރަހު ހޫނުވެ ޔަހޫދީންގެ ވަރުގަދަ ހަމަލާތަކެއް ލުބުނާނަށް ދޭން ތައްޔާރުވެފައިވާ ކަމުގެ ރިޕޯޓުތަކާއި އެކު އުރުދުންގެ ގައުމީ އެއާލައިންއިން މިއަދާއި މާދަމާ ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ކެންސަލް ކޮށްފި އެވެ.

ގޮސިޔާ

އުރުދުންގެ ގައުމީ އެާލައިން އެއާލައިން ރޯޔަލް ޖޯޑަންއިން މިއަދާއި މާދަމާ ބޭރޫތަށް ބާއްވަން ހަމަޖެހިފައިވާ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށް އެ އެއާލައިންގެ ބަޔާނަކާ ހަވާލާދީ ރިޕޯޓުކޮށްފައިވަނީ އުރުދުންގެ ޕަބްލިކް ބްރޯޑްކާސްޓަރުންނެވެ.

ޖޯޑަން ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި މާދަމާ އަށް ޝެޑިއުލްކޮށްފައިވާ ފްލައިޓްތަކާ ގުޅޭ އިވެލުއޭޝަން މިހާރު ދަނީ ކުރިއަށެވެ.

މީގެ ކުރިން ޖަރުމަނުގެ އެއާލައިން ލުފްތަންސާ އިން ވަނީ ލުބުނާނުގެ ވެރިރަށް ލުފްތަންސާއަށް ދެމުން އަންނަ ދަތުރުތައް އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް މެދުކަނޑާލާފައިވާ ކަމަށް ބުނެފަ އެވެ.

ޔަހޫދީ އިޒްރޭލާއި ލުބުނާނާއި ދެމެދު މަޝްރަހު ހޫނުވެފައިމިވަނީ ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ޔަހޫދީ އިޒްރޭލަށް އަމާޒުކޮށް ދިން ރޮކެޓު ހަމަލާއެއްގައި 12 ޔަހޫދީއަކު މަރާލުމާއި ގުޅިގެންނެވެ. މި ހަމަލާއާއި އެކު ޔަހޫދީން ވަނީ ލުބުނާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ