logoEN
cocacola
ޔަހޫދީ އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ހިޒްބުالله އިން ރޮކެޓް ހަމަލާތަކެއް ދީފި

ޔަހޫދީ އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ހިޒްބުالله އިން ރޮކެޓް ހަމަލާތަކެއް ދީފި

އަހުމަދު ޝުރާއު

logo

7/29/2024, 1:13:30 PM

# ހިޒްބުالله

--

ޔަހޫދީ އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ހިޒްބުالله އިން ރޮކެޓް ހަމަލާތަކެއް ދީފި އެވެ.

ގޮސިޔާ

ލުބުނާނުގެ އެ ޖަމާއަތުން ބުނީ އިޒްރޭލުގެ އުތުރުގައި އޮންނަ "އަލް ބަޣުދާދީ ސައިޓަށް" ހަމަލާ ދީފައި ވަނީ "އެތައް ކަޓިއުޝާ ރޮކެޓުތަކުން" ކަމަށެވެ.

އެ ޖަމާއަތުން ޓެލެގްރާމްގައި ބުނެފައި ވަނީ ހަމަލާ ދީފައި ވަނީ ޣައްޒާއަށް ތާއީދުކޮށް، ޗަކްރާ އަވަށުގައި ޔަހޫދީން ހިންގަމުންދާ "ލާއިންސާނީ އަމަލުތަކަށް" ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.

ހިޒްބުالله އިން މީގެ ކުރިން ބުނެފައި ވަނީ އިސްރާއީލުން މިއަދު ލުބުނާނަށް ދިން ހަމަލާއެއްގައި އެ ޖަމާއަތުގެ ދެ މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

ހިޒްބުالله އާއި ޔަހޫދީ އަސްކަރިއްޔާއާއި ދެމެދު ހަމަލާބަދަލުކުރުންތައް ގިނަވެ މަޝްރަހު އޮތީ ވަރަށް ބޮޑަށް ހޫނު ވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ