logoEN
cocacola
800 ޓަނަށްވުރެ ގިނަ މުދަލާއި އެކު ޕެރިޝަބަލް އަދި ޖެނެރަލް ކާގޯ ބަރުކޮށްގެން އައި ބޯޓު އައްޑޫ ސިޓީއަށް ބަދަރުކޮށްފި

800 ޓަނަށްވުރެ ގިނަ މުދަލާއި އެކު ޕެރިޝަބަލް އަދި ޖެނެރަލް ކާގޯ ބަރުކޮށްގެން އައި ބޯޓު އައްޑޫ ސިޓީއަށް ބަދަރުކޮށްފި

އަހުމަދު ޝުރާއު

logo

7/29/2024, 10:02:59 AM

# އެމްޕީއެލް

--

800 ޓަނުގެ މުދަލާއި އެކު ޕެރިޝަބަލް އަދި ޖެނެރަލް ކާގޯ ބަރުކޮށްގެން އައި ބޯޓު އައްޑޫ ސިޓީއަށް ބަދަރުކޮށްފި އެވެ.

ގޮސިޔާ

މިއީ އައްޑޫ ސިޓީއަށް މި މަހުން ފެށިގެން ދާއިމީ ގޮތެއްގައި އިންޑިއާގެ ބޯޓު ފަހަރު މެދުވެރިކޮށް ޕެރިޝަބަލް ކާގޯ ގެންނަ ޚިދުމަތް ފެށި ފަހުން އައްޑޫ ސިޓީއަށް ޓުޓިކޮރިން އިން އައި ތިން ވަނަ ބޯޓެވެ.

އެމްޕީއެލުން ބުނީ މި ބޯޓުގައި 800 ޓަނުގެ މުދާ ވަނީ ގެނެސްފައިވާ ކަމަށާއިއޭގެ ތެރޭގައި ފިޔާ، އަލުވި، ކަރާ އަދި ބިސް ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން ޖެނެރަލް ކާގޯވެސް ހިމެނޭ ކަމަށް އެމްޕީއެލުން ބުނެއެވެ.

ތިން ވަނަ ބޯޓުން މުދާ ބޭލުމުގެ މަސައްކަތް ދާގޮތް ބައްލަވާލެއްވުމަށް އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވަނީ މިއަދު ހިތަދޫ ޕޯޓަށް ވަޑައިގެންފައެވެ.

މި ދަތުރުތަކަކީ ދާއިމީ ގޮތެއްގައި ޓުޓިކޮރިން އިން ދަގަނޑު ބޯޓު ފަހަރުގައި އައްޑޫ ސިޓީއަށް ޕެރިޝަބަލް މުދާ ގެނައުމަށް އެމް.ޕީ.އެލް އާއި ހިތަދޫ ޕޯޓުން ކުރި މަސައްކަތުން، އިންޑިއާގެ ފައިނެސެސް ގުރޫޕް މެދުވެރިކޮށް ޖުލައި މަހުގެ ތެރޭގައި ފެށި ދަތުރުތަކެކެވެ. އެންމެ ފުރަތަމަ ބޯޓު އައްޑޫ ސިޓީއަށް ދަތުރުކުރީ 10 ޖުލައިގައެވެ.

ދިވެހިރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަގު ހެޔޮކޮށް ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި ފުޑް ސެކިއުރިޓީ ރަނގަޅުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ. އަދި އައްޑޫ ސިޓީގެ އިޤްތިސާދު ކުރިއަރުވައި، އިޤްތިސާދީ ހަރަކާތްތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ