
ތަކަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމު މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ
# އެމްޑަބްލިއުއެސްސީ--
ހއ ތަކަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމު މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށް އެމަޝްރޫގެ ކޮންޓްރެކްޓަރު އެމްޑަބްލިއުއެސްސީއިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީއިން މިއަދު ވަަނީ މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މީޑީއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނިން ބުނީ ހއ. ތަކަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ 85 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
އަދި މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ އިންޓާނަލް ހޮޅި އެޅުމާއި ވައިރިންގެ މަސައްކަތާއި ޕަންޕް ސްޓޭޝަންތަކުގެ މަސައްކަތް ކަމަށްވެސް އެކުންފުނިން ބުނެއެވެ.
ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 8.37 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް، އާރުއޯ ފެސިލިޓީއެއް އިމާރާތް ކުރާނެ އެވެ. އަދި ފެން އުފައްދަން ދެ އާރުއޯ ޕްލާންޓު ބަހައްޓަން ވެސް ވަނީ ހަމަޖެހިފަ އެވެ. އެ ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 6.33 ކިލޯމީޓަރުގެ ނަރުދަމާ ހޮޅިގެ މައި ނެޓްވޯކެއް ގާއިމްކޮށް 1.04 ކިލޯމީޓަރުގެ ޕަންޕިންލައިނެއް އަޅާނެ އެވެ. އަދި ތަކަންދޫގައި ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓްފްލޯއެއް ވެސް ގާއިމު ކުރާނެ އެވެ.
މީގެ އިތުރުން އެ ރަށުގެ ގެތަކަށް ފެނާއި ނަރުދަމާ ގުޅުވައިދީ، ފެނާއި ނަރުދަމާގެ ނިޒާމު ބަލަހައްޓަން ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރަން ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެ އެވެ.
މި މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްފައި ވަނީ 76.75 މިލިއަން ރުފިޔާ އަށެވެ.
ގުޅުންހުރި

އެމްޑަބްލިއުއެސްސީއިން ފައިނުގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި

އާރުޑީސީއާއި އެމްޑަބްލިއުއެސްސީގެ އެހީތެރިކަމާއި އެކު މާލޭގެ ސްޓޯރމް ވޯޓަރ ނެޓްވޯރކް ސާފުކުރަނީ

އެމްޑަބްލިއުއެސްސީއިން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަނީ
