logoEN
cocacola
"މުލީކޮޅު ރާޅުގަނޑު" މުބާރާތުގެ މެންސް އޯޕެން  ޑިވިޝަންގެ ޗެމްޕިއަންކަން  ސްމައިލީ ހޯދައިފި

"މުލީކޮޅު ރާޅުގަނޑު" މުބާރާތުގެ މެންސް އޯޕެން ޑިވިޝަންގެ ޗެމްޕިއަންކަން ސްމައިލީ ހޯދައިފި

ހަސަން ޝަމްއޫން

logo

7/27/2024, 11:27:57 AM

# މޯލްޑިވްސް ސާފިން ލީގު# ދިވެހި ކުޅިވަރު

އިސްމާއިލް ރަޝީދު (ސްމައިލީ)

ދިވެހި ސާފް ލީގުގެ މިއަހަރުގެ ދެވަނަ މުބާރާތް "މުލީކޮޅު ރާޅުގަނޑު" މުބާރާތުގެ މެންސް އޯޕެން ޑިވިޝަންގެ ޗެމްޕިއަންކަން އިސްމާއިލް ރަޝީދު (ސްމައިލީ) ހޯދައިފިއެވެ.

ގޮސިޔާ

މުލީކޮޅު ރާޅުގަނޑުގެ މެންސް އޯޕެން ޗެމްޕިއަންކަން ސްމައިލީ ހޯދާފައިވަނީ ފައިނަލްގައި ޔޫސުފް ކަޔާން ހަމްދާން ޒަކީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލްގައި ކަޔާންގެ މައްޗަށް ސްމައިލީ ކުރި ހޯދާފައިވަނީ 13.00ގެ ނަތީޖާއަކުންނެވެ.

މެންސް އޯޕެން ފައިނަލް ހީޓުގައި ސްމައިލީ ތިން ރާޅެއް ދުއްވާފައިވާއިރު، މި ތިން ރާޅުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވަނީ ސްމައިލީ ދުއްވި ދެވަނަ ރާޅާއި ތިންވަނަ ރާޅުގައެވެ. ސްމައިލީގެ ދެވަނަ ރާޅުން 7.50ގެ ސްކޯއެއް ހޯދާފައިވާއިރު، ތިންވަނަ ރާޅުން 5.50ގެ ސްކޯއެއް ސްމައިލީ ވަނީ ހޯދާފައެވެ. މެންސް އޯޕެން ފައިނަލް ހީޓުގައި ކަޔާން އަށް ހޯދިފައިވަނީ 11.00ގެ ސްކޯއެކެވެ.

ދިވެހި ސާފް ލީގުގެ ދެވަނަ މުބާރާތް ނިމިފައިވާއިރު، މި ލީގުގައި ކުރިއަށް ދެން އޮތީ ކ.ތުލުސްދޫގައި ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ މުބާރާތެވެ. މިއަންނަ މަހުގެ 27-30 މި މުބާރާތް ކުރިއަށްދާއިރު، މި ލީގުގެ ފަހު މުބާރާތް ރަންނަމާރި ޗެލެންޖު ކުރިއަށް ދާނީ މާލޭ ރާޅުގަނޑުގައެވެ. މި މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރު 27 އޮކްޓޯބަރުން ފެށިގެން 2 ނޮވެމްބަރުގެ ނިޔަލަށެވެ.

ދިވެހި ސާފް ލީގުގެ އިތުރުން އަންނަ މަހު 17-24އަށް އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ވެސް ރާއްޖޭގައި ކުރިއަށްދާނެއެވެ. މި މުބާރާތް ކުރިއަށްދާނީ ކ.ތުލުސްދޫގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ