
"މުލީކޮޅު ރާޅުގަނޑު" ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން އިނާން ހޯދައިފި
# މުހައްމަދު އިނާން އަބްދުލް ހައްނާނު# މޯލްޑިވްސް ސާފިން ލީގުމުހައްމަދު އިނާން އަބްދުލް ހައްނާނު
ދިވެހި ސާފް ލީގުގެ މިއަހަރުގެ ދެވަނަ މުބާރާތް "މުލީކޮޅު ރާޅުގަނޑު" މުބާރާތުގެ ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން މުހައްމަދު އިނާން އަބްދުލް ހައްނާނު ހޯދައިފިއެވެ.

މ.މުލީގައި ކުރިއަށްދިޔަ މި މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން އިނާން ހޯދާފައިވަނީ ފައިނަލް ހީޓުގައި ޔަސިން އަހުމަދު ނާޝިދު ގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއަދު ކުރިއަށްދިޔަ ފައިނަލްގައި އިނާނު ކުރި ހޯދާފައިވަނީ 10.50ގެ ނަތީޖާއަކުންނެވެ.
މުލީކޮޅު ރާޅުގަނޑު މުބާރާތުގެ ޖޫނިއާ ފައިނަލްގައި އިނާން ޖުމްލަ ފަސް ރާޅެއް ދުއްވާފައިވާއިރު، އިނާން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވަނީ އިނާނުގެ ދެވަނަ ރާޅާއި ފަސް ވަނައަށް ދުއްވި ރާޅުގައެވެ. އިނާން ދެވަނަ އަށް ދުއްވި ރާޅުން 5.00ގެ ނަތީޖާ އެއް ހޯދާފައިވާއިރު، ފަސް ވަނަ އަށް ދުއްވި ރާޅުން 5.50ގެ ނަތީޖާއެއް އިނާން ވަނީ ހޯދާފައެވެ. މި ހީޓުގައި ޔަސިން އަށް ލިބިފައިވަނީ 7.67ގެ ސްކޯއެކެވެ.
ދިވެހި ސާފް ލީގުގެ ދެވަނަ މުބާރާތް ނިމިފައިވާއިރު، މި ލީގުގައި ކުރިއަށް ދެން އޮތީ ކ.ތުލުސްދޫގައި ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ މުބާރާތެވެ. މިއަންނަ މަހުގެ 27-30 މި މުބާރާތް ކުރިއަށްދާއިރު، މި ލީގުގެ ފަހު މުބާރާތް ރަންނަމާރި ޗެލެންޖު ކުރިއަށް ދާނީ މާލޭ ރާޅުގަނޑުގައެވެ. މި މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރު 27 އޮކްޓޯބަރުން ފެށިގެން 2 ނޮވެމްބަރުގެ ނިޔަލަށެވެ.
ދިވެހި ސާފް ލީގުގެ އިތުރުން އަންނަ މަހު 17-24އަށް އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ވެސް ރާއްޖޭގައި ކުރިއަށްދާނެއެވެ. މި މުބާރާތް ކުރިއަށްދާނީ ކ.ތުލުސްދޫގައެވެ
ގުޅުންހުރި

"މުލީކޮޅު ރާޅުގަނޑު" މުބާރާތުގެ މެންސް އޯޕެން ޑިވިޝަންގެ ޗެމްޕިއަންކަން ސްމައިލީ ހޯދައިފި

"މުލީކޮޅު ރާޅުގަނޑު" ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން އިނާން ހޯދައިފި

މުލީކޮޅުރާޅުގަނޑު 2024: ގިނަ އަދަދެއްގެ ޒުވާން ބައިވެރިންނާއެކު މ.މުލީގައި ފެށިގެން ކުރިއަށްދަނީ




