logoEN
cocacola
"ކަޅެގަލެކޮޑާ" ގެ މެންސް އޯޕެން ޑިވިޝަންގެ ޗެމްޕިއަންކަން، ނަޖާހު ދިފާއުކޮށްފި

"ކަޅެގަލެކޮޑާ" ގެ މެންސް އޯޕެން ޑިވިޝަންގެ ޗެމްޕިއަންކަން، ނަޖާހު ދިފާއުކޮށްފި

ހަސަން ޝަމްއޫން

logo

2/16/2024, 3:27:12 PM

# ދިވެހި ކުޅިވަރު # ކަޅެގަލެކޮޑާ# ސާފިންގް# މޯލްޑިވްސް ސާފިން ލީގު

ނަޖާހު ކަޅެގަލެކޮޑާ" ގެ މެންސް އޯޕެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރަނީ.. ފޮޓޯ ސާފިންގ އެސޯސިއޭޝަން

ދިވެހި ސާރފް ލީގުގެ މިއަހަރުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ" ގެ މެންސް އޯޕެން ޑިވިޝަންގެ ފައިނަލުގައި ހޫދު ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ނަޖާހު މުހައްމަދު ޗެންޕިއަންކަން ދިފާއުކޮށްފި އެވެ.

ގޮސިޔާ

ގދ.ގައްދޫ ކަޅެގަލެކޮޑާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ ފޯރިގަދަ ފައިނަލުގައި ނަޖާހު ހަ ރާޅެއްގައި އެޅުވިއިރު، ހޫދު ވަނީ އަށް ރާޅެއްގައި އަޅުވާފައެވެ. ނަޖާހު އެޅުވި ހަ ރާޅުގެ ތެރެއިން އޭނާއަށް އެންމެ ރަނގަޅު ސްކޯއެއް ލިބިފައިވަނީ، ދެވަނަ ރާޅާއި ހަތަރުވަނަ ރާޅަށެވެ. އަދި ހޫދުއަށް އެންމެ ރަނގަޅު ސްކޯއެއް ލިބިފައިވަނީ އޭނާގެ ދެވަނަ ރާޅާއި ހަތްވަނަ ރާޅަށެވެ.

ނަޖާހްގެ ދެ ވަނަ ރާޅަށް 7.33 ޕޮއިންޓް ލިބުނުއިރު، ދެވަނަ ރާޅަށް ލިބުނު 5.73 ޕޮއިންޓާއެކު އޭނާއަށް ވަނީ ޖުމްލަ 13.06 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނަ ހޯދި ހޫދުގެ ދެވަނަ ރާޅަށް 5.58 ޕޮއިންޓް ލިބިފައިވާއިރު، ހަތްވަނަ ރާޅުން ލިބުނު 5.73 ޕޮއިންޓާއެކު އޭނާއަށް ޖުމްލަ ލިބުނީ 11.56 ޕޮއިންޓެވެ. މިއާއެކު ނަޖާހު ޗެންޕިއަންކަން ހޯދީ 1.50 ޕޮއިންޓްގެ ތަފާތަކުން ހޫދުގެ މައްޗަށް ކުރިހޯދައިގެންނެވެ.

2022 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ، ދިވެހި ސާރފް ލީގުގެ މިއަހަރުގެ ދެ ވަނަ މުބާރާތް އޮންނާނީ ޖޫން މަހުގެ 12-15 އަށް ކ.ހިންމަފުށީގައެވެ. މި ލީގަކީ ކުޅިވަރާއި ބެހޭ ވުޒާރާ އާއި ގުޅިގެން މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިންތިޒާމްކޮށް ކުރިއަށް ގެންދާ މުބާރާތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ