logoEN
cocacola
މުލީކޮޅުރާޅުގަނޑު 2024: ގިނަ އަދަދެއްގެ ޒުވާން  ބައިވެރިންނާއެކު މ.މުލީގައި ފެށިގެން ކުރިއަށްދަނީ

މުލީކޮޅުރާޅުގަނޑު 2024: ގިނަ އަދަދެއްގެ ޒުވާން ބައިވެރިންނާއެކު މ.މުލީގައި ފެށިގެން ކުރިއަށްދަނީ

ހަސަން ޝަމްއޫން

logo

7/24/2024, 11:42:08 PM

# މޯލްޑިވްސް ސާފިން ލީގު

މުލީކޮޅުރާޅުގަނޑު 2024 މުބާރާތުގެ ތެރެއިން... ފޮޓޯ: ވޮއިސް ސްޕޯޓްސް

ދިވެހި ސާފިން ލީގުގައި މިއަހަރު ބޭއްވުމަށް ތާވަލުކޮށްފައި އޮތް ތިންވަނަ މުބާރާތް 'މުލީކޮޅުރާޅުގަނޑު 2024' ބުދަ ދުވަހު މ.މުލީގައި ފަށައިފިއެވެ.

ގޮސިޔާ

24 ޖުލައި 2024 އިން 27 ޖުލައި 2024 އަށް މ.މުލީގައި، ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ދާ މިމުބާރާތުގައި މިއަހަރު 40 ވުރެ ގިނަ އެތްލީޓުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ފިރިހެން ޝޯޓްބޯޑް ބައިގައި 24 އެތްލީޓުން ބައިވެރިވިއިރު، 18 އަހަރުން ދަށުގެ ޝޯޓްބޯޑް ފިރިހެން ބައިގައި 23 އެތްލީޓުން ވާދަކުރާނެއެވެ.

ދިވެހި ސާފިން ލީގުގައި މިއަހަރު ބޭއްވުމަށް ތާވަލުކޮށްފައި އޮތް ތިންވަނަ މުބާރާތް 'މުލީކޮޅުރާޅުގަނޑު 2024' ގިނަ އަދަދެއްގެ ޒުވާން ބައިވެރިންނާއެކު މ.މުލީގައި ބުދަ ދުވަހު ފަށައިފިއެވެ.

މުބާރާތުގެ ފުރަތަމަ ބުރުގެ ފިރިހެން ޝޯޓްބޯޑް އިވެންޓުގައި ބުދަ ދުވަހު ހަ ހީޓް ކުރިއަށް ގެންދިޔައިރު، ހީޓް އެކެއްގެ އެއްވަނަ ހޯދީ ނަޖާހް މުހައްމަދު (ގދ.ގައްދޫ) އެވެ. ހީޓް ދޭއްގެ އެއްވަނަ އަހުމަދު އަގީލް (ކ.ތުލުސްދޫ) ހޯދިއިރު، ހީޓް ތިނެއްގެ އެއްވަނަ ހޯދީ އިސްމާއިލް ރަޝިދު (ގދ.ގައްދޫ) އެވެ. މީގެ އިތުރުން ހީޓް ހަތަރެއްގެ އެއްވަނަ އިސްމާއިލް މިގްލާ (މާލެ) ހޯދިއިރު، ހީޓް ފަހެއްގެ އެއްވަނަ ހޯދީ އަހުމަދު ލުޒައިން (ގދ.ވާދޫ) އެވެ. އަދި ހީޓް ހައެއްގެ އެއްވަނަ ހޯދީ ހޫދު އަހުމަދު (ގދ.ގައްދޫ) އެވެ.

މުބާރާތުގެ ފުރަތަމަ ބުރުގެ 18 އަހަރުން ދަށުގެ ފިރިހެން ޝޯޓްބޯޑް އިވެންޓުގައި ވެސް ބުދަ ދުވަހު ވަނީ ހަ ހީޓް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިއުމުރުފުރާގެ ހީޓް އެކެއްގެ އެއްވަނަ ހޯދީ ކަޔާން އަބްދުﷲ އަރީފް (މާލެ) އެވެ. ހީޓް ދޭއްގެ އެއްވަނަ އަހުމަދު ޒަޔާން (ގދ.ވަދޫ) ހޯދިއިރު، ހީޓް ތިނެއްގެ އެއްވަނަ ހޯދީ ޔޫސުފް ކަޔާން ހަމްދާން ޒަކީ (މާލެ) އެވެ. މީގެ އިތުރުން ހީޓް ހަތަރެއްގެ އެއްވަނަ އަހުމަދު ލުޒައިން (ގދ.ވާދޫ) ހޯދިއިރު، ހީޓް ފަހެއްގެ އެއްވަނަ ހޯދީ ޔާސިން އަހުމަދު ނާޝިދު އެވެ. އަދި ހީޓް ހައެއްގެ އެއްވަނަ ހޯދީ މުހައްމަދު އިނާން އަބްދުލް ހަންނާން އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ