logoEN
cocacola
ސަތޭކަ މީޓަރ ފްރީސްޓައިލް އަދި ދުއިސައްތަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިޔާ އައުކޮށްފި

ސަތޭކަ މީޓަރ ފްރީސްޓައިލް އަދި ދުއިސައްތަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިޔާ އައުކޮށްފި

ހަސަން ޝަމްއޫން

logo

7/26/2024, 11:18:35 AM

# އަމްނާ ތަޒްކިޔާ މިރުޞާދު# ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އަމްނާ ތަޒްކިޔާ މިރުޞާދު

ސްރީލަންކާގައި މިހާރު ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ނެޝަނަލް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އަންހެނުންގެ ލޯންގކޯސް 200 މީޓަރ ބެކްސްޓްރޯކް އިވެންޓާއި 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އުންމީދީ ފެތުންތެރިއާ އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ.

ގޮސިޔާ

އުމުރުން 13 އަހަރުގެ ތަޒްކިޔާ 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 02:51.26 އިން ރޭސް ނިންމައިގެންނެވެ. އަދި މިއިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ 2022 ވަނަ އަހަރު ބޭއްވުނު 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި އައިޝަތު ސައުސަން އެވެ. ސައުސަން އެފަހަރު އިވެންޓް ފުރިހަމަކޮށްފައިވަނީ 02:53.55 އިންނެވެ.

ތަޒްކިޔާ 100 މީޓަރ ފްރީސްޓައިލް އިވެންޓު ރެކޯޑް ހެދީ 01:05.53 އިން ރޭސް ނިންމައިގެންނެވެ. އަދި މިއިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ އާމިނަތު ޝަޖަން އެވެ. އެއީ 2016 ވަނައަހަރު ބޭއްވުނު ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި 01:05.71 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ