
ލަންކާ މުބާރާތުގައި މެޑްލޭ ރިލޭ އިވެންޓުން ރާއްޖޭގެ އަންހެން ޖޫނިއަރ ޓީމަށް ލޯމެޑަލް ހޯދައިފި
# ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް# ދިވެހި ކުޅިވަރުލޯމެޑަލް ހޯދި ރާއްޖޭގެ ރިލޭ ޓީމު... ފޮޓޯ: އަހުމަދު ނިޔާޒް
ސްރީލަންކާގައި މިހާރު ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޖޫނިއަރ އަންހެނުން ޓީމު މެޑްލޭ ރިލޭ އިވެންޓުން ބްރޯންޒް މެޑަލް ހޯދައިފިއެވެ.

ރާއްޖޭގެ ޒުވާން ޓީމު ލޯމެޑަލް ހޯދީ ޖޫނިއަރ ނެޝަނަލް ކެޓަގަރީގެ 4x100 މީޓަރު މެޑްލޭ ރިލޭ އިވެންޓުންނެވެ. އަދި ޓީމުގައި ހިމެނެނީ އަމްނާ ތަޒްކިޔާ މިރުޞާދު، ޒޯހާ އަޒްލީ ނަސީމް، މަލައިކާ ލިންޑާ އިމްރާން އިމްރާން އަދި ޒާހާ ޒައިދުލް ޚަލީލެވެ. އަދި ދިވެހި ޓީމު މިއިވެންޓު ފުރިހަމަކޮށްފައި ވަނީ 05:38.03 އިންނެވެ.
މި މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އަންނަނީ އިންޑިވިޖުއަލް އިވެންޓުތަކުގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. އެގޮތުން އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓާއި 200 މީޓަރ ބެކްސްޓްރޯ އިވެންޓްގެ ގައުމީ ރެކޯޑް އަމްނާ ތަޒްކިޔާ މިރުޞާދު ވަނީ މިމުބާރާތުގައި އައުކޮށްފައެވެ.
ގުޅުންހުރި

ރާއްޖެ ޖޫނިއާރ ކެރަމް ޗެމްޕިއަންޝިޕް: 19 އަހަރުންދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އިންޝާ ހޯދައިފި
.jpg&w=3840&q=75)
ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް: 19 އަހަރުންދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އީނަލް ހޯދައިފި

ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް: 16 އަހަރުންދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހާޖަރު ހޯދައިފި




