
ސްވިމިންގ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ މަޤާމަށް މިފަހަރުވެސް ޝާރިފް!
# ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްމުހައްމަދު ޝާރިފް
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީގެ މަޤާމުގައި ހުންނެވި މުހައްމަދު ޝާރިފް ކުރިޔަށް އޮތް 4 އަހަރުގެ ދައުރުގައި މަގާމުހައި ބަހައްޓަން އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ޝާރިފް ޖެނެރަލްސެކެޓްރީގެ މަޤާމަށް އައްޔަނުކުރަން ނިންމީ މިދިޔަމަހު ކުރީކޮޅު އެކުލަވާލި އައު ހިންގާ ކޮމިޓީގެ މިދައުރުގެ ފުރަތަމަ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އަދި މިޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު އެވެ.
މިމަހުގެ 25 ވަނަ ދުވަހު ފެށުނު ހަތަރު އަހަރުގެ، އައު ދައުރުގައި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ހަތަރު ވަނަ ދައުރަކަށް، މިހާރު އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު އިންތިހާބު ވިއިރު، ނައިބު ރައީސަކީ އިސްމާއިލް އަލީއެވެ. އަދި ފަރުދީ މެންބަރުން ތަމްސީލުކުރާ އަންހެން މެންބަރަކަށް ރަހީމާ އާދަމް، ފިރިހެން މެމްބަރަކަށް މުހައްމަދު ނައްވާރު އިބްރާހިމް އިންތިހާބުވި އިރު، ޓެކްނިކަލް އޮފިޝަލުން ތަމްސީލްކުރާ މެމްބަރުކަމަށް އިންތިހާބުވީ ހަސަން ސިރާރެވެ.
ކޯޗުން ތަމްސީލްކުރާ މެމްބަރަކަށް އަހުމަދު ފިރާސް އަފީފް ހޮވުނު އިރު، ކްލަބްތައް ތަމްސީލުކުރާ މެމްބަރެއްގެ ގޮތުގައި އިންތިހާބުވީ، އަލީފް އަބްދުﷲ ނަސީމެވެ.
ގުޅުންހުރި

ލަންކާ މުބާރާތުގައި މެޑްލޭ ރިލޭ އިވެންޓުން ރާއްޖޭގެ އަންހެން ޖޫނިއަރ ޓީމަށް ލޯމެޑަލް ހޯދައިފި

ސަތޭކަ މީޓަރ ފްރީސްޓައިލް އަދި ދުއިސައްތަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިޔާ އައުކޮށްފި

485 ކުދިންނާއެކު 7 ވަނަ ކިޑްސް އިންޓަ ސްކޫލް ސްވިމިންގ ފެސްޓިވަލް ފެށިގެން ކުރިއަށްދަނީ
