
ތިނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތައް ނިންމާލައިފި
# އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ--
ތިނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމާލައިފި އެވެ.

މިކަން ހާމަކޮށް މިއަދު ބިނާރާބެހޭ ވުޒާރާއިން ބުނީ ތިނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ފޭސް 2 ގެ ހުރިހާ މަސައްކަތްތައް މިހާރުވަނީ އެއްކޮށް ނިމިފައި ކަމަށެވެ.
މި މަޝްރޫއުއަކީ ބިނާރާބެހޭ ވުޒާރާއިން އާރްޑީސީއާއި ހަވާލުކޮށްގެން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިޔަށް ގެންދިޔަ މަޝްރޫއެކެކެވެ.
މަގު ހެދުމުގެ ދެވަނަ ފިޔަވަހީގައި ތިނަދޫގައި ބޮޑު 14 މަގެއް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްޤީކޮށްފައި ވެއެވެ. އެގޮތުން މި މަގުތަށް ތަރައްޤީކޮށްފައިވަނީ ފެން ބޮޑުވާ މައްސަލައަށް ޒަމާނީ އަދި ދާއިމީ ހައްލެއް ލިބޭނެ ގޮތަކަށެވެ. މި މަޝްރޫއުގައި ޖުމުލަ 6.5 ކިލޯމީޓަރުގެ މަގު ތަރައްޤީކުރިއެވެ.
ތިނަދޫ މަގުހެދުމުގެ މަޝްރޫއު ކުރީ ސަރުކާރުން އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 8 ވަނަ ދުވަހު އެވެ. މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 78 މިލިއަން ރުފިޔާއަށެވެ.
ގުޅުންހުރި

މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ %53.5 ނިމިފައި!

ޒަމާންތަކަކަށްފަހު ރަސްފަންނު މަރާމާތްކޮށް އާންމުންނަށް އަލުން ހުޅުވާލައިފި

ކޮންސްޓްރަކްޝަން މިނިސްޓްރީން ދެމުންދާ ހިދުމަތްތައް މެދުކެނޑިއްޖެ
