
20 ރަށެއްގައި ޕަވަރ ޕްލާންޓް މޮނިޓަރިންގ ސިސްޓަމް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
# މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ-
ދިވެހިރާއްޖޭގެ 20 ރަށެއްގައި ޕަވަރ ޕްލާންޓް މޮނިޓަރިންގ ސިސްޓަމް (ޕީސީއެމްއެސް) ޑިޒައިން، ސަޕްލައި، އިންސްޓޯލް އަދިޓެސްޓުކޮށް ކޮމިޝަން ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއީ ހަކަތައާބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަކަތައާއި ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީވަޒީރު ތާރިޤްއިބްރާހިމެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ މި ބީލަން ކާމިޔާބުކުރި ޗައިނާގެ ކޮންޓުރެކްޓަރެއް ކަމުގައިވާސައިނޯޝޯރ ހައިބުރިޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ގޫ ޖެންޕުންގ އެވެ.
މިއަދު ސޮއިކުރެވުނު 1،166،582 އެމެރިކާ ޑޮލަރުގެ މަޝްރޫޢުގެ މައިގަނޑު ރާއްޖޭގެ 20 ރަށެއްގައި ޤާއިމުކޮށްފައިވާ ސޯލާ ޕީވީހައިބްރިޑް ޕަވަރ ސިސްޓަމްތައް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމުތައް ހޯދާ އެތަންތަނުގައި އިންސްޓޯލުކުރުމެވެ. މީގެ ސަބަބުން އެ ރަށްރަށުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރުއިތުރުކުރަމަށް މަގުފަހިވެގެންދާނެއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީގެ އެހީގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއީ ހަކަތައާ ބެހޭ ވުޒާރާއިން ހިންގާޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް (ޕޮއިސްޑް) ޕްރޮޖެކްޓްއިން ޕަވަރ ޕްލާންޓްމޮނިޓަރިންގ ސިސްޓަމްތައް ޤާއިމުކުރާ 20 ރަށަކީ:
- ހއ. ތުރާކުނު
- ހއ. އުލިގަމް
- ހއ. މޮޅަދޫ
- ހއ. ހޯރަފުށި
- ހއ. އިހަވަންދޫ
- ހއ. ކެލާ
- ހއ. ވަށަފަރު
- ހއ. ދިއްދޫ
- ހއ. ފިއްލަދޫ
- ހއ. މާރަންދޫ
- ހއ. ތުރާކުނު
- ހއ. އުތީމު
- ހއ. މުރައިދޫ
- ހއ. ބާރަށް
- ޅ. އޮޅުވެލިފުށި
- ޅ. ކުރެންދޫ
- ގއ. ވިލިނގިލި
- ށ. ބިލަތްފަހި
- ހދ. ފިނޭ
- ހދ. ކުމުންދޫ
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން 20 ރަށުގައި ޤާއިމުކުރާ ޕަވަރ ޕްލާންޓް މޮނިޓަރިންގ ސިސްޓަމްތައް ފެނަކައިގެއިންޖީނުގެތަކުގައި އިންސްޓޯލްކޮށް މި ސިސްޓަމްތަކުގެ އޮޕަރޭޝަން އަދި މެއިންޓެނެންސް 2 އަހަރުދުވަހަށް ބަލަހައްޓާނީކޮންޓްރެކްޓަރެވެ. އަދި އޭގެއިތުރުން މި ސިސްޓަމްތަކަށް ފެނަކައިގެ މުވައްޒަފުން އަހުލުވެރިކުރުވުމަށްޓަކައި އެކުންފުނީގެމުވައްޒަފުންނަށް ތަމްރީނު ދިނުންވެސް އެއްބަސްވުމުގައި އެކުލެވިފައެއެވެ.
ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދި ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ޚަރަދު ކުޑަކޮށް،އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އެފުއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ އިޖުތިމާޢީއަދި އިޤްތިޞާދީ މަންފާ އެންމެހައި ރައްޔިތުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ ރަށްރަށުގައި ޤާއިމުކޮށްފައިވާ ކަރަންޓުއުފައްދާ ނިޒާމުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެ ނިޒާމުތައް ޒަމާނީކޮށް އެނާރޖީ މެނޭޖްމަންޓުސިސްޓަމު މެދުވެރިކޮށް ކޮންޓްރޯލު ކުރެވޭނެ ގޮތަށްދަނީ ބަދަލުކުރަމުންނެވެ.
ހަކަތައިގެ ޔަގީންކަން އިތުރުކުރުމަށްޓަކައި އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އަދުގެ ސަރުކާރުން ވަރަށްއިސްކަންދޭކަމެކެވެ. މިގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤައުމަށް ބޭނުންވާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވިހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ. މިހާތަނަށް ރާއްޖޭގައި 67.5 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކުރެވިފައިވެއެވެ. އެއީ ޤައުމަށް ބޭނުންވާކަރަންޓުގެ ގާތްގަނޑަކަށް 6 އިންސައްތައެވެ.
ގުޅުންހުރި

ވިލުންވެށި ގްރާންޓް ޕްރޮގްރާމް އިފްތިތާހްކޮށްފި

އިންޓަރނޭޝަނަލް ސޯލާ އެލަޔަންސް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

ބީބީއެންޖޭ އެއްބަސްވުން ޤައުމީ ފެންވަރުގައި ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް އދ އާއިއެކު މަޝްވަރާކޮށްފި




