logoEN
cocacola
މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް!

މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް!

އަލްފާ އަލީ

logo

7/25/2024, 7:51:23 AM

# އެމްޓީސީސީ

-

ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 90 ޕަސެންޓް ނިިމިފައިވާކަމަށް އެމްޓީސީސީން ބުނެފި އެވެ.

ގޮސިޔާ

އެމްޓީސީސީން މިއަދު ބުނެފައިވަނީ މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގައި ހިމެނޭ ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތްތައް ވެސް ނިމިފައިވާ ކަމަށެވެ.މި މަޝްރޫޢުގެ ދަށުން، 28,175 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1,740 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، 3,817 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 264 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 275 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 1933 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، 15 މީޓަރު ދިގު 2 މީޓަރު ފުޅާ 2 ބްރިޖް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 38.49 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ