logoEN
cocacola
ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ޚާން ޔޫނުސްއިން 129 މީހުން ޝަހީދުކޮށްލައިފި

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ޚާން ޔޫނުސްއިން 129 މީހުން ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

7/24/2024, 5:21:18 PM

# ޣައްޒާ

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ޚާން ޔޫނުސްއިން 120 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

ގޮސިޔާ

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޚާން ޔޫނުސް މަރުވި މީހުންގެ އެންމެ ފަހުގެ އަދަދުތައް އާންމުކޮށްފައެވެ. އަދި އޭގެ ތެރޭގައި ޒަހަމްވި މީހުންގެ އަދަދުވެސް ހިމެނެއެވެ.

އެގޮތުން ޔަހޫދީންގެ ހަމަލާތަކުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 129 މީހަކު ޝަހީދުވެފައިވާއިރު 416 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައި އެވެ.

ޒަހަމްވި މީހުންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުންނަށް އަދިވެސް ފަރުވާ ނުދެވޭ ކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެއެވެ.

އެއޮފީހުން އިތުރަށް ބުނީ ހަމަލާތަކުގައި 44 މީހަކު ގެއްލިފައިވާ ކަމަށާއި 237 އިމާރާތަކަށް ޔަހޫދީންގެ ހަމަލާތައް އަމާޒުވެފައިވާ ކަމަށެވެ.

ޚާން ޔޫނުސް އަކީ މި ހަފްތާގައި ޔަހޫދީން އެންމެ ވަރުގަދަ ހަމާލާތަކެއް ދެމުން އަންނަ ސަރަހައްދެވެ.

މިހާތަނަށް މުޅި ޣައްޒާއިން 39,100 އަށްވުރެ ގިނަ މީހުން ޔަހޫދީންގެ ހަމަލާތުގައި ވަނީ ޝަހީދުވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ