
އަލް އަހްލީ ހޮސްޕިޓަލު ސަރަހައްދަށް ޔަހޫދީން ދިން ހަމަލާގައި ޒަހަމްވި މީހުންގެ ތެރޭގައި ތުއްތު ކުދިން!
# ޣައްޒާޣައްޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލު ސަރަަހައްދަށް ޔަހޫދީން މިއަދު ދިން ހަމަލާގައި ގިނަ އަދަދެއްގެ ކުޑަކުދިން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މި ހަމަލާގައި ޒަހަމްވި ގިނަ ބަޔަކަށް މިހާރު އަލް އަހްލީ ހޮސްޕިޓަލުގެ ގޯތިތެރޭގައި ފަރުވާ ދެމުން އަންނަ އިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. ޔަހޫދީން ހަމަލާދިން ވަގުތަކީ ގިނަ އަދަދެއްގެ ކުޑަކުދިން އެސަރަހައްދުގައި ތިބި ވަގުތެއް ކަމަށްވެސް އަލް ޖަޒީރާއިން ބުނެއެވެ. އޭގެ ތެރޭގައި އެއް އަހަރު ނުވާ ދެ ތުއްތު ކުދިންވެސް ހިމެނެއެވެ.
ޣައްޒާގައި ހުންނަ ފަލަސްތީނުގެ މަދަނީ ދިފާއީ އިދާރާއިން ބުނީ އަލް އަހްލީ އަރަބް ހޮސްޕިޓަލް (ބެޕްޓިސްޓް ހޮސްޕިޓަލް) ކައިރީގައި އިސްރާއީލުން ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.
އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ހޮސްޕިޓަލުގެ ވަށައިގެން ވާ ސަރަހައްދަށް އަމާޒުކޮށް އިތުރު ހަމަލާތައް ދީފައިވާއިރު، ޝަހީދުވި މީހުންނާއި ޒަހަމްވި މީހުން ހޯދުމުގެ މަސައްކަތް އިމަޖެންސީ އަދި ރެސްކިއު ޓީމުތަކުން އަދިވެސް ކުރަމުން އަންނަ ކަމަށް އެ ގައުމުގެ މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ވަނީ ބުނެފަ އެވެ.
އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޔަހޫދީން ވައިގެ މަގުން ހަމަލާދީފައިވަނީ އަލް އަހްލީ އަރަބް ހޮސްޕިޓަލުގެ ފަހަތުގައި ހުންނަ ގެއަކަށެވެ. އެހަމަލާގެ ސަބަބުން ހޮސްޕިޓަލަށްވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާކަމަށް ބުނާ ނަމަވެސް އެކަން އަދި މިހާތަނަށް ކަށަވަރުވެފައި ނުވެއެވެ.
މި ހަމަލާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނާއިރު ޝަހީދުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ.
ޔަހޫދީން ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން ވަނީ 40,700 އާއި ގާތްކުރާ އަދަދަކަށް މީހުން ޝަހީދުވެފައި އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ގުޅުންހުރި

ޚާން ޔޫނުސްއަށް ޔަހޫދީން ރޭ ދިން ހަމަލާގައި ތުއްތު ތިން ކުއްޖަކު ޝަހީދުކޮށްލި: އެއްކުއްޖަކީ އެންމެ އެއް މަހުގެ ކުއްޖެއް!

ސޭފް ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަލް މަސާވީގެ ޓެންޓަކަށް ބޮން އަޅައި 5 މީހަކު ޝަހީދުކޮށްލައިފި، ކުޑަކުއްޖަކު ހިމެނޭ!

މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 44 މީހަކު ޝަހީދުކޮށްލައިފި: ކުޑަކުދިންތަކެއްވެސް ހިމެނޭ!
