logoEN
cocacola
އިންޑިއާއިން "ސްޕައިޑަރމޭން" އެއް ހައްޔަރުކޮށްފި

އިންޑިއާއިން "ސްޕައިޑަރމޭން" އެއް ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

7/24/2024, 3:30:01 PM

# އިންޑިއާ

--

އިންޑިއާގެ ވެރިރަށް, ދިއްލީގެ ދުރްކާ އަވަށުގެ މަގުތަކުގައި ނުރައްކާތެރި ގޮތަކަށް ދުއްވި ސްޕައިޑާމޭން ކޮސްޓިއުމް އަޅައިގެން ހުރި މީހަކާއި އިތުރު މީހެއް ދިއްލީ ފުލުހުން ހައްޔަރުކޮށްފި އެވެ.

ގޮސިޔާ

ދިއްލީ ފުލުހުން އަވަސް ފިޔަވަޅުތަކެއް އަޅާފައިމިވަނީ ސްޕައިޑާމޭން ކޮސްޓިއުމް އަޅައިގެން ހުރި މީހަކު ދުއްވަމުން ދިޔަ ކާރެއްގެ ބޮނެޓު މަތީގައި ހުރި މަންޒަރުތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.

އެގޮތުން ކާރު ދުއްވި ޑްރައިވަރާއި "ސްޕައިޑަރމޭން" ހައްޔަރުކޮށްފައިވަނީ ނުރައްކާތެރި ގޮތަކަށް ދުއްވުމާއި ޕޮލިއުޝަން ސެޓްފިކެޓެއް ނެތި ދުއްވުމާއި ސީޓްބެލްޓް ނާޅައި ދުއްވުމުގެ ކުށުގަ އެވެ.

ދިއްލީ ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސްޕައިޑާމޭން ކޮސްޓިއުމްގައި ހުރި މީހާއަކީ ނަޒްފްގަޑުގައި ދިރިއުޅޭ އަދިތުޔާ (20އ) ކަމަށެވެ. މި މައްސަލާގައި ކާރު ދުއްވަން އިނީ މަހާވީރު ސަރަހައްދުގައި ދިރިއުޅޭ ގޯރަވް ސިންގް (19އ) އެވެ.

"ނުރައްކާތެރި ގޮތަކަށް ދުއްވުމާއި ޕޮލިއުޝަން ސެޓްފިކެޓެއް ނެތި ދުއްވުމާއި ސީޓްބެލްޓް ނާޅައި ދުއްވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ވެހިކަލްގެ ވެރިފަރާތާއި ޑްރައިވަރުގެ މައްޗަށް . އެމީހުން ވަނީ 26،000 ރުޕީސް އިން ޖޫރިމަނާކޮށްފައި"އެކްސް ގައި ފޮޓޯއެއް ހިއްސާކުރަމުން ނިއުސް އެޖެންސީ އޭއެންއައި އިން ދިއްލީ ފުލުހުންނާއި ހަވާލާދީ ލިޔެފައިވެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ