logoEN
cocacola
ހިޒްބުالله އިން ޔަހޫދީންގެ އަސްކަރީ ވައިގެ މަރުކަޒެއްގެ ޑްރޯން ފުޓޭޖެއް ބްރޯޑްކާސްޓްކޮށް ޔަހޫދީ އަސްކަރިއްޔާ ސިއްސުވާލައިފި

ހިޒްބުالله އިން ޔަހޫދީންގެ އަސްކަރީ ވައިގެ މަރުކަޒެއްގެ ޑްރޯން ފުޓޭޖެއް ބްރޯޑްކާސްޓްކޮށް ޔަހޫދީ އަސްކަރިއްޔާ ސިއްސުވާލައިފި

އަހުމަދު ޝުރާއު

logo

7/24/2024, 12:40:09 PM

# ހިޒްބުالله

ހިޒްބުالله އިން ޔަހޫދީންގެ އަސްކަރީ މަރުކަޒެއްގެ ޑްރޯން ފުޓޭޖެއް ބްރޯޑްކާސްޓްކޮށް ޔަހޫދީ އަސްކަރިއްޔާ ސިއްސުވާލައިފި އެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާ ގޮތުގައި އިޒްރޭލުގެ ގާތްގަނޑަކަށް 50 ކިލޯމީޓަރު (30 މޭލު) އެތެރޭގައި އޮންނަ އިޒްރޭލުގެ ރަމަތު ޑޭވިޑް އެއާބޭސްގައި މަތިންދާބޯޓުތަކާއި ތެޔޮ ރައްކާކުރާ ތަންތަން ފެންނަ ޑްރޯން ފުޓޭޖްތަކެއް ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ވަނީ ބްރޯޑްކާސްޓްކޮށްފަ އެވެ.

ހިޒްބުالله އިން އަންގާރަ ދުވަހު ވީޑިއޯކުރި ކަމަށް ބުނާ މި ފުޓޭޖަކީ ހިޒްބުالله އިން ހޫޕޯއަށް އަރަބި ބަހުން "ހުދުދު" ގެ ނަމުން ނަން ދީފައިވާ ސަވައިލަންސް ޑްރޯނަކުން ނަގާފައިވާ ވީޑިއޯތަކުގެ ތެރެއިން މިހާތަނަށް އާންމުވި ތިން ވަނަ ފުޓޭޖެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ފުރަތަމަ ވީޑިއޯއިން ފެންނަނީ އިސްރާއީލުގެ ބަނދަރު ސިޓީއެއް ކަމަށްވާ ހައިފާ އެވެ.

ހިޒްބުالله އިން މިފަދަ ފުޓޭޖް ތަކެއް އާންމުކުރަމުން މިދަނީ އެ ޖަމާއަތުގެ ޑްރޯންތަކަށް އިޒްރޭލުގެ އެތެރޭގެ ސަރަހައްދުތަކަށް ވަދެވޭނެ ކަން ދައްކުވައި ދިނުމުގެ ގޮތުންނެވެ. އެގޮތުން ގިނަ ބަޔަކު ބުނާގޮތުގައި މިއީ ޔަހޫދީ އަސްކަރިއްޔާއިން އެގައުގެ ސަލަމާތީ ކަންކަން ކަށަވަރުކުރެވިފައި ނުވާ ކަމުގެ ހެއްކެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ