logoEN
Sto top
ކުޑަހުވަދޫ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް!

ކުޑަހުވަދޫ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް!

އަހުމަދު ޝުރާއު

logo

7/24/2024, 12:29:16 PM

# ދ. ކުޑަހުވަދޫ# އާރްޑީސީ

--

ދ ކުޑަހުވަދޫ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރު އާރްޑީސީއިން ބުނެފި އެވެ.

Wamco

އާރްޑީސީއިން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނިން ބުނީ ދ ކުޑަހުވަދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ މަގުތަކުގެ ތެރެއިން، އުސްގަނޑު މަގު އަދި ޓަލްކީ މަގުގައި ޑީވޯރޓަރިންގ ހޮޅި އެޅުމަށް ކޮނުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ.

އަދި ކާސިންޖީ މަގުގައި މަގު ބައްތި ކޭބަލް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ކުޑަހުަވަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ އާރްޑީސީއާއި ހަވާލުކުރީ 2021 ވަނަ އަހަރު ކުރީ ސަރުކާރުގައި އެވެ. ނަމަވެސް ކުރީ ސަރުކާރުގެ ދައުރު މިދިޔަ ނޮވެމްބަރު މަހު ހަމަވެ އައު ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މަސައްކަތް ހުރީ މަޑު ދުވެއްޔެއްގައި އެވެ.

އައު މެނޭޖްމެންޓާއި އެކު މި މަޝްރޫއުގެ މަސައްކަތް މިހާރު ބާރު ސްޕީޑެއްގައި ކުރިޔަށްދާއިރު މި މަޝްރޫއުގެ ދަށުން 5.8 ކިލޯމީޓަރުގެ މަގުގެ ތާރު އަޅައި ފެން ހިންދާ ނިޒާމު ގާއިމްކޮށް މަގު ބައްތި ޖަހާނެއެވެ.

މި މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ 122.8 މިލިއަން ރުފިޔާއަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside