logoEN
cocacola
12 އަަހަރަށްފަހު އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން ހިސާން އިސްތިއުފާދެއްވައިފި

12 އަަހަރަށްފަހު އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން ހިސާން އިސްތިއުފާދެއްވައިފި

އަހުމަދު ޝުރާއު

logo

7/24/2024, 10:51:51 AM

# ހިސާން ހުސެއިން# އެމްޑީޕީ

--

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން ހިސާން ހުސެއިން އިސްތިއުފާދެއްވައިފި އެވެ.

ގޮސިޔާ

ހިސާން މިއަދު ވަނީ އެކަމަނާގެ އިސްތިއުފާ ސިޓީ އެކްސްގައި އާންމުކުރައްވާފައި އެވެ. އެގޮތުން ހިސާން ވިދާޅުވީ އެމަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ނައިބު ރައީސް ކަމަށް އެކަމަނާގެ ނަން ހުށަހެޅި ޕާޓީގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކުރުމަށްޓަކައި ގައުމީ މަޖިލީހުގައި ނަގާ ވޯޓު ނެގުމަށް ހަމަޖެހިފައިވާތީ ކަމަށެވެ.

ފާއިތުވި 12 އަހަރު އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަގާމުގައި ހުރެ އެކަށީގެންވާ ހިދުމަތް ތަކެއް ޕާޓީއަށް ކުރެވިފައިވާ ކަމަށް އުންމީދު ކުރައްވާ ކަމަށް ހިސާން ވިދާޅުވިއެވެ.

އަދި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެމްޑީޕީގެ ލީޑަރޝިޕުންނާއި ޕާޓީގެ ސެކްރެޓޭރިއަޓްގެ މުވައްޒަފުންނާއި އާންމު މެމްބެުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެންމެ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާ ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

View post on Twitter

ހިސާން ނައިބު ރައީސް ކަމަށް އައްޔަންކުރަން ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ގައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ހުށަހަޅުއްވާފައިވާ ކަން ހާމަކުރެއްވީ އެޕާޓީގެ ރައީސް އަބްދުالله ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ