logoEN
cocacola
މިދިޔަ އާދީއްތަ ދުވަހަކީ ދުނިޔެއަށް މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ހޫނު ގަދަ ދުވަސް!

މިދިޔަ އާދީއްތަ ދުވަހަކީ ދުނިޔެއަށް މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ހޫނު ގަދަ ދުވަސް!

އަހުމަދު ޝުރާއު

logo

7/23/2024, 7:12:12 PM

# މޫސުން

--

ޔޫރަޕިއަން ޔޫނިއަންގެ ކޮޕަރނިކަސް ކްލައިމެޓް ޗޭންޖް ސަރވިސްގެ އިބްތިދާއީ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި މަހުގެ 21 ވަނަ ދުވަހަކީ މުޅި ދުނިޔޭގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ހޫނު ދުވަހެވެ.

ގޮސިޔާ

އީޔޫގެ ކްލައިމެޓް މޮނިޓަރުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އާދީއްތަ ދުވަހު ދުނިޔޭގެ އެވްރެޖް ސަރފޭސް ވައިގެ ފިނިހޫނުމިން 17.09 ޑިގްރީ ސެލްސިއަސް (62.76 ޑިގްރީ ފެރެންހައިޓް) އަށް އަރާފައިވާ ކަމަށެވެ.

މީގެ ކުރިން އެންމެ ހޫނު ގަނަ ދުވަހުގެ ގޮތުގައި ރިކޯޑް ކުރެވިފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ދުވަހެކެބެ. އެގޮތުން އެދުވަހު ދުނިޔޭގެ އެވްރެޖް ސަރފޭސް ވައިގެ ފިނިހޫނުމިން ހުރީ 17.08 ސެލްސިއަސް (62.74އެފް) ގައި އެވެ.

"ހަގީގަތުގައި ހައިރާންކުރުވަނިވި ކަމަކީ ފާއިތުވި 13 މަސް ދުވަހުގެ ފިނިހޫނުމިނާއި ކުރީގެ ފިނިހޫނުމިނުގެ ރެކޯޑްތަކުގެ ތަފާތަކީ ކިހާ ބޮޑު ތަފާތެއްތޯ. އަޅުގަނޑުމެން މިހާރު މިތިބީ ހަގީގަތުގައި ވެސް ގޮތް ނޭނގޭ ހިސާބެއްގައި، މޫސުން ހޫނުވަމުން ދާއިރު، ކުރިއަށް އޮތް މަހާއި އަހަރުތަކުގައި އާ ރެކޯޑްތައް މުގުރާލާތަން ފެންނާނެ،" އީޔޫގެ ކްލައިމެޓް މޮނިޓާގެ ޑިރެކްޓަރު ކާލޯ ބުއޮންޓެމްޕޯ ވިދާޅުވި އެވެ.

ސައިންސްވެރިން ބުނަނީ ހޫނު ގަދަވުމުގެ ފަހަތުގައި ވަނީ އިންސާނުންގެ ސަބަބުން ކުރިމަތިވާ ތިމާވެށީގެ އެކި ސަބަބުތައް ކަމަށެވެ.

މިގޮތަށް ދާނަމަ 2024 ވަނަ އަހަރަކީ އެންމެ ހޫނު ގަދަ އަހަރައް ވެދާނެ ކަމަށް ސައިންސްވެރިން ވަނީ ލަފާކޮށްފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ