logoEN
cocacola
އެމެރިކާގެ ސީކްރެޓް ސާވިސްގެ ވެރިޔާ އިސްތިއުފާ ދެއްވަން ނިންމަވައިފި

އެމެރިކާގެ ސީކްރެޓް ސާވިސްގެ ވެރިޔާ އިސްތިއުފާ ދެއްވަން ނިންމަވައިފި

އަހުމަދު ޝުރާއު

logo

7/23/2024, 6:25:28 PM

# އެމެރިކާ

--

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މައްސަލާގައި އެމެރިކާގެ ސީކްރެޓް ސާވިސްގެ ވެރިޔާ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

ގޮސިޔާ

ކިމްބާލީ ޗީޓްލް މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައި މިވަނީ ޓްރަމްޕަށް ދިން ހަމަލާ ހުއްޓުވުމުގައި ނާކާމިޔާބީއާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ޕްރެޝަރުތަކާއި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ކިމްބާލީ ޗީޓްލް މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން އިއުލާންކޮށް އަންގާރަ ދުވަހު މުވައްޒަފުންނަށް އީމެއިލްއެއް ފޮނުވާފައިވާ ކަމަށް އެސޯސިއޭޓެޑް ޕްރެސް އެޖެންސީން ބުނެއެވެ.

ޕެންސިލްވޭނިއާގައި ޖުލައި މަހުގެ 13 ވަނަ ދުވަހު ޓްރަމްޕް ބޭއްވި އެއްވުމުގައި ސަލާމަތީ ޕްރޮޓޮކޯލްތަކާ މެދު ސުވާލު އުފެދޭތީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ޕްރެޝަރު އެކަމަނާއަށް ވަނީ އަމާޒުވެފަ އެވެ.

"ސެކިއުރިޓީ ބްރީޗްގެ ފުރިހަމަ ޒިންމާ ނަގަން،" މުވައްޒަފުންނަށް ފޮނުވި އީމެއިލްގައި ޗީޓްލް ވިދާޅުވި އެވެ. "ފަހުގެ ހާދިސާތަކަށް ރިއާޔަތްކޮށް، ޑައިރެކްޓަރުގެ މަގާމުން އިސްތިއުފާ ދޭން އުނދަގޫ ނިންމުމެއް ނިންމީ ވަރަށް ބުރަ ހިތަކާ އެކު."

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ސީކްރެޓް ސާވިސްގެ ޑިރެކްޓަރަށް ޝުކުރު އަދާކުރައްވައި، އެކަމަނާގެ ބަދަލުގައި ވަރަށް އަވަހަށް ޑިރެކްޓަރަކު އައްޔަން ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ