logoEN
cocacola
ހުޅުމާލޭގެ ބައެއް ތަންތަން ބަލާފާސްކޮށް 11 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ހުޅުމާލޭގެ ބައެއް ތަންތަން ބަލާފާސްކޮށް 11 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

އަހުމަދު ޝުރާއު

logo

7/23/2024, 12:49:05 PM

# މޯލްޑިވްސް އިމިގްރޭޝަން

--

ގަވާއިދާ ހިލާފަށް އުޅޭ ބީދޭސީންނާއި ދެކޮލަށް މިހާރު ކުރިޔަށްގެންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން މިއަދު ހުޅުމާލޭގެ ބައެއް ތަންތަން ބަލާފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ގޮސިޔާ

އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިއަދު ހެނދުނު ހުޅުމާލޭގެ 12 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން އެތަންތަނުން ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިއަ 11 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެއިދާރާއިން ބުނެއެވެ.

އިމިގްރޭޝަނުން މިހާރު ދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީއިން ހޯދުމަށް ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ