
މިނިވަންކަމާއި އިސްތިގްލާލު ކޮމްޕްރޮމައިޒް ވުމުގެ ފުރުސަތެއް ރައީސް ނުދެއްވާނެ: ޝައްމާން
# މުހައްމަދު ޝަމްއާން# މޯލްޑިވްސް އިމިގްރޭޝަން--
ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު އަދި ސެކިއުރިޓީ ކޮމްޕްރޮމައިޒް ވާކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފުރުސަތު ނުދެއްވާނެ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.

އެކިއެކި ފަރާތްތަކުން ދެެއްވާ އެއްބާރުލެއްވުމަށާއި ވިދާޅުވާ ހެޔޮ ބަސްފުޅަށް ޝުކުރު ދަންނަވާކަން ހާމަކުރައްވާ ޝައްމާން އާންމުކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އޭނާއަކީ ރޮކެޓް ސައިންޓިސްޓެއް ނޫން ކަމަށެވެ.
އަދި މިއަދު ޤާނޫނުތައް ތަންފީޒުކުރެވެމުން މިދަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، ޤާނޫނަކީ އެއް ހަމައަކުން އެންމެންވެސް ތަބާވާން ޖެހޭ އެއްޗެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީ ކަމަށްވެސް ޝައްމާން ވިދާޅުވިއެވެ.
ޝައްމާން މިފަދައިން ވިދާޅުވެފައިމިވަނީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހާއްސަ ހަރަކާތެއް ކުރިއަށްދާ ވަގުތެއްގައެވެ.
މި ހަރަކާތުގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރި ވާއިރު މި އޮޕަރޭޝަން ކުރިއަށްދަނީ 52 ގްރޫޕަކަށް ބަހާލައިގެން ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
އިމިގްރޭޝަނުން ކުރިއަށްގެންދާ މި ހަރަކާތުގައި މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތުގެ މަޤްސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުން ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
ގުޅުންހުރި

އަމީނީ މަގުގައި ހިންގަމުންދިޔަ ފިހާރައެއް ރެއިޑްކޮށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ރާއްޖޭގެ މަސައްކަތްކުރާ ބިދޭސީން ބޭރަށް ދަތުުރުކުރާ ޕާސްޕޯޓުގައި ސައްޚަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރަން އެދެފި
.webp&w=3840&q=75)
ވިލިމާލެ ފެރީ ޓަރމިނަލް އާއި ސޯޝަލް ސެންޓަރު ސަރަހައްދުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ހައްޔަރަށް!
