logoEN
cocacola
އިއްޔެ އިމިގްރޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަންގައި 1000 އަށްވުރެ ގިނަ ބިދޭސީންނާއި ސުވާލުކުރި!

އިއްޔެ އިމިގްރޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަންގައި 1000 އަށްވުރެ ގިނަ ބިދޭސީންނާއި ސުވާލުކުރި!

އަހުމަދު ޝުރާއު

logo

8/29/2024, 1:28:10 PM

# މޯލްޑިވްސް އިމިގްރޭޝަން

--

އިމިގްރޭޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުން މާލެ ސަރަހައްދުގެ މަގުތަކަށް ނުކުމެ ހިންގި ބޮޑު އިންސްޕެކްޝަންގައި 1000 އަށްވުރެ ގިނަ ބިދޭސީންނާއި ސުވާލުކޮށްފައިވާ ކަމަށް އެއިދާރާއިން ބުނެފި އެވެ.

ގޮސިޔާ

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އިއްޔެ ހަވީރު 16:00 އިން 18:00 އަށް ހިންގުނު ހާއްސަ ހަރަކާތުގައި މާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 582 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން އެހަރަކާތުގައި ޖުމުލަ 1025 ބިދޭސީންނާއި ސުވާލުކޮށް ގަވާއިދާ އެއްގޮތަށް އުޅޭ މީހުންތޯ ކަށަވަރުކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން އިއްޔެ މާލޭ ސަރަހައްދުގައި ކުރިޔަށް ގެންދިޔަ ހަރަކާތަކީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހިންގި ހަރަކާތެކެވެ. މި ހަރަކާތުގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވާ ކަމަށާއި އަދި 52 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މި ހަރަކާތުގެ މަޤްސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުން ކަމަށް އިމިގްރޭޝަނުން އިއްޔެ ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ