logoEN
cocacola
އިމިގްރޭޝަނަށް ފިލަން ކުޅުދުއްފުއްޓަށް ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި

އިމިގްރޭޝަނަށް ފިލަން ކުޅުދުއްފުއްޓަށް ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި

އަހުމަދު ޝުރާއު

logo

9/2/2024, 5:20:17 AM

# މޯލްޑިވްސް އިމިގްރޭޝަން

--;

އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިޔަށްގެންދާ އޮޕަރޭޝަނަށް ފިލުމަށް ކުޅުދުއްފުއްޓަށް ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

ގޮސިޔާ

އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދިއުމާއި ގުޅިގެން، އިއްޔެ ލިބުނު މަޢުލޫމާތަކާއެކު ކުޅުދުއްފުއްޓަށް ދިޔަ ބޯޓެއްގައި ތިބި ބިދޭސީން ވަނީ ބަލައި ފާސްކޮށްފައި ކަމަށެވެ.

މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް، ޕޮލިސް އަދި އިމިގްރޭޝަން ގުޅިގެންނެވެ.

މި އޮޕަރޭޝަންގައި، އެ ބޯޓުން ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި 09 މީހުނަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި ބޯޓުގެ ކެޕްޓަނަށް ވަނީ ލިޔުމުން ނަސޭހަތްދީފައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައި އެވެ.

އަދި އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ޤާނޫނުގެ ދަށުން އެފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ